ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!

ލުޤުމާން އަޙްމަދު

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލުން ކުރިޔަށްގެންދާ ތިލައުތުރު ވޮލީ މުބާރާތް 2025 ގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ. ހޯރަފުށި  ވޮލީ ކޯޓްގައި ކުޅޭ މިމެޗްގެ ކުޅުން ފަށާނީ މިރޭ 20:00 ގައެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައިވަނީ މިދެޓީމެވެ. އެފަހަރުގެ ފައިނަލް ސީދާ 3 ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. މިމުބާރާތުގައި 5 ޓީމެއް ވާދަކުރިއެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއެވެ. މުރައިދޫ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު އުސޫލުންކުޅުނު މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކޮށްގެންނެވެ. އިހަވަންދޫ މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ، ގްރޫޕް ސްޓޭޖް ދެވަނަ އިހަވަންދޫ އަދި ގްރޫޕް ސްޓޭޖްގެ 3 ވަނަ ޓީމް ހޯރަފުއްޓާއި ދެމެދު ކުޅުނު ސެމީފައިނަލް މެޗުން މޮޅުވެގެންނެވެ.

މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ހޯރަފުށީގައި ކުރިޔަށްދާ ތިލައުތުރު ވޮލީ މުބާރާތް 2025 ކުރިޔަށްދަނީ ފުރިހަމަ އިންތިޒާމް ތަކަކާއިއެކުކަން ފާހަގަކުރެވެއެވެ. އެގޮތުން މުބާރާތް ފެށުމަށްވެސް ހަވާއެރުވުމާއިއެކު ކުލަގަދަ ރަސްމިއްޔާތެއް ހޯރަފުށީ ކައުންސިލުންވަނީ ބާއްވާފައެވެ. މައުލޫމާތު ލިބޭގޮތުގައި މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހޯރަފުށީ ކައުންސިލުންވަނީ 700،000 އަށްވުރެގިނަ ރުފިޔާ ހޭދަކޮށްފައެވެ. މުބާރާތް އިންތިޒާމްކުރާ ހއ އަތޮޅު ކައުންސިލުން މުބާރާތަށް 200،000 ރުފިޔާ ހަރަދުކުރާނެކަމަށް މައުލޫމާތުލިބެއެވެ.

ޚިޔާލު ފައުޅުކުރުން

މިރޭ ވެސް ފަސޭހަކަމާއެކު މުރައިދޫ މޮޅުވާނެ. ކަށަވަރުކަމެއް މި..
ސުރުހީގަ އޮތީ 2024 އޭ.. މި ކިހިނެއްވާ ކަމެއް