މައިންބަފައިން ދަރީންނަށް ބަދު ދުޢާކުރުން
ދަރީންނަކީ ދުނިޔޭގެ ޙަޔާތުގެ ޒީނަތުގެ ތެރެއިން ހިމެނޭ ބައެކެވެ. ﷲ ތައާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ( الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ) الكهف/46 . “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.”
ދަރީންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. އެބައިމީހުން އެ ދަރީންނަށް ބަދު ދުޢާކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
ދަރީންނާއި މުދަލާއި ނަފްސުތަކުގެ މައްޗަށް ބަދު ދުޢާކުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވެއެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަޤުތަކާ ދިމާވެދާނެ ކަމަށް ބިރުންނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( لَا تَدْعُوا عَلَى أَنْفُسِكُمْ ، وَلَا تَدْعُوا عَلَى أَوْلادِكُمْ ، وَلَا تَدْعُوا عَلَى أَمْوَالِكُمْ ، لَا تُوَافِقُوا مِنْ اللَّهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ فَيَسْتَجِيبُ لَكُمْ ) رواه مسلم (3014) .މާނައީ: “ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. ﷲ ގެ ޙަޟްރަތުގައި ކަމަކަށް އެދި އެވަޤުތުގައި ދެންނެވުމުން އިޖާބަކޮށްދެއްވާ ވަޤުތަކާ ދިމާ ނުވުމަށްޓަކައެވެ. ފަހެ، އެފަދަ ވަޤުތަކާ ދިމާވެއްޖެނަމަ އެދުޢާ ތިޔަބައިމީހުންނަށް އިޖާބަކުރައްވާނެއެވެ.”
މައިންބަފައިން ދަރީންނަށް ޓަކައި ކުރާ ހެޔޮ ދުޢާ އަދި ދަރީންގެ މައްޗަށް ކުރާ ބަދު ދުޢާއަކީވެސް އިޖާބަވެގެންވާ ދުޢާއެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ( ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ ) رواه ابن ماجه (3862) وحسنه الألباني في “سلسلة الأحاديث الصحيحة” (596) . ولفظ الإمام أحمد (7197) : ( وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ ) . “ތިން މީހެއްގެ ދުޢާ އިޖާބަވުމާމެދު ޝައްކެއްނެތެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާ އާއި ބައްޕަ ދަރިފުޅަށް ކުރާ ދުޢާއެވެ.” އިމާމު އަޙްމަދުގެ ރިވާޔަތުގެ ލަފުޒުގައިވެއެވެ. “އަދި ބައްޕަ ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާއެވެ.”
މައިންބަފައިން ރުޅިއަންނަ ކަމެއް ދަރީންގެ ފަރާތުން ދިމާވާ ހިނދު، ދަރީންނަށް ބަދު ދުޢާކުރުމަކީ ގިނަ މައިންބަފައިންނަށް ކުރެވޭ ކުށެކެވެ. ކުރަންވީ ކަމަކީ ދަރީންނަށް ހިދާޔަތު ދެއްކެވުމަށާއި ދަރީން އިޞްލާޙްކޮށްދެއްވުމަށާއި ދަރީންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރުމެވެ.
ރުޅީގެ ސަބަބުން މައިންބަފައިން ކުރާ އެފަދަ ދުޢާތައް އިޖާބަނުކުރައްވާ ކަމީ ﷲ ތަޢާލާ ގެ ރަޙްމަތުގެ ތެރެއިންވާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( وَلَوْ يُعَجِّلُ اللّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُم بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ فَنَذَرُ الَّذِينَ لاَ يَرْجُونَ لِقَاءنَا فِي طُغْيَانِهِمْ يَعْمَهُونَ ) يونس/11 .
“ހެޔޮކަމާއި، ޘަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، ﷲ އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލުޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (ޤިޔާމަތް ދުވަހުން) ތިމަންއިލާހާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ޙާލު، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ.”
އިބްނު ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
“ﷲ ތަޢާލާ މި އާޔަތުގައި އެއިލާހުގެ އަޅުތަކުންނަށް ޚަބަރު ދެއްވާފައިއެވަނީ އެއިލާހުގެ ކޯފާ މަޑުކަމާއި، އެއިލާހުގެ އަޅުތަކުންނަށްޓަކައި އެއިލާހުގެ އޯގާވަންތަކަމުގެ ވާހަކައެވެ. އެހެނީ ރުޅީގެ ޙާލަތުގައި އެބައިމީހުންގެ ނަފްސުތަކަށާއި މުދަލަށާއި ދަރީންނަށް އެބައިމީހުން ކުރާ ބަދު ދުޢާ އެއިލާހު އިޖާބަނުކުރައްވަނީއެވެ. އެބައިމީހުން ޤަޞްދުގައި ނުބައިކަމެއް ވުމަށް ނޭދޭކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އެހެންވެ، އެބައިމީހުންނަށް އެ ބަދު ދުޢާ އިޖާބަ ނުކުރައްވަނީއެވެ. އެއީ އޯގާތެރިވެވޮޑިގެންނެވެ. ހަމަ އެފަދައިން، އެބައިމީހުންގެ ނަފްސުތަކަށާއި މުދަލަށް އަދި ދަރީންނަށް ހެވާއި ބަރަކާތް ލެއްވުމަށާއި އިތުރުވުމަށް އެދި ކުރާ ދުޢާ އިޖާބަކުރައްވައެވެ. تفسير ابن كثير (2/554 ):
މަރްޖިޢު
https://islamqa.info/ar/answers/90178
ގުޅުން ހުރެދާނެ ލިޔުން
މައިންބަފައިންގެ އުފާވެރިކަމުގެ ވަސީލަތެއް
21 - މޭ - 2021
ދެއަތް އުފުލައި ދުޢާކުރުމާއި ދެއަތް ނުއުފުލައި ދުޢާކުރުން
19 - މާރިޗު - 2021
މައިންބަފައިން ބަލާކަމަށްބުނެ ހުށަހަޅާފައިވާ ބައެއްސިޓީތައް ލީކްކޮށްލައިފި
3 - ޖުލައި - 2018
ކުދިންނަށް ޖެހިދާނެ ބަލިތަކުންނާއި ކުރިމަތިވެދާނެ ނުރައްކާތެރިކަމުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ބަޔަކީ މައިންބަފައިން: ޚުތުބާ
24 - ފެބްރުއަރީ - 2017
ބަދުއަޚްލާޤީ މައްސަލައެއްގައި ހޯދަމުން ދިޔަ މީހަކު ބައިކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި
6 - އޮގަސްޓު - 2013
ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި
31 - ޖުލައި - 2013
ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި
30 - އޮކްޓޯބަރު - 2012
ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި އިހަވަންދޫން ބިދޭސީއަކު ހައްޔަރުކޮށްފި
20 - ސެޕްޓެމްބަރު - 2012
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް