ދެއަތް އުފުލައި ދުޢާކުރުމާއި ދެއަތް ނުއުފުލައި ދުޢާކުރުން
ދުޢާކުރުމުގައި ދެއަތް އުފުލާ ދުޢާކުރާނީ ކޮންއިރަކު ހެއްޔެވެ؟ އަދި ދުޢާކުރުމުގައި ދެއަތް ނޫފުލާ ދުޢާކުރަނީ ކޮން އިރަކު ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ.
ދުޢާކުރުމަކީ އަޅުކަމެކެވެ. ކޮންމެ އަޅުކަމަކަށްވެސް ޞައްޙަ ދަލީލެއް އޮންނަންޖެހެއެވެ. އަތްއުފުލުން ޝަރީޢަތުގައި އައިސްފައިވަނީ ދުޢާއާ ގުޅިގެންނެވެ. ނުވަތަ ދުޢާގެ މަޙައްލުގައެވެ. އެއީ ދުޢާ، އެހެން އަޅުކަމެއްގެ ތެރެއަށް ވަދެފައިވާ ޙާލަތުގަ މެނުވީއެވެ. އެފަދަ ޙާލަތެއްގައި ދުޢާކުރާއިރު އަތް އުފުލާނަމަ އެކުރެވެނީ އެ އަޅުކަން ކުރަން ވާރިދުވެފައިވާ ކައިފިއްޔަތާ ޚިލާފަށެވެ. އެއީ މިސާލަކަށް ނަމާދުގައި، ޚުޠުބާގެ ތެރޭގައި، ޠަވާފުކުރުމުގެ ތެރޭގައި، އަދި ސަޢްޔުކުރުމުގެ ތެރޭގައި ދެ އަތް އުފުލައިގެން ދުޢާކުރުމެވެ.
މިސާލަކަށް ނަމާދަށް ބަލާލާއިރު، ނަމާދުގައި އިސްތިފްތާޙުގެ ދުޢާ ކިޔާ އިރުގައްޔާއި، ރުކޫގައި ދުޢާކިޔާއިރު، އަދި ރުކޫން ތެދުވެ ދުޢާކިޔާއިރު، އަދި ދެސަޖިދަ ދެމެދު އިނދެ ދުޢާކުރާ އިރު، މި ހުރިހާ ވަޤުތުތަކުގައިވެސް މިކުރަނީ ދުޢާއެވެ. މި ޙާލަތްތަކުގައި ދުޢާކުރާ އިރު ދެއަތް އުފުލުން ވެގެންދާނީ ބިދުޢައިގެ ތެރެއިންނެވެ. އިމާމު މީހާ މިންބަރު މަތީގައި ދުޢާކުރާ އިރު އަތްއުފުލުންވެސް، ވާރޭ ވެއްސެވުމަށް އެދި ދުޢާކުރާއިރު މެނުވީ، ހިމެނިގެންދާނީ މިދެންނެވި ގޮތަށް ބިދުޢައިގެ ތެރެއިންނެވެ. ޠަވާފުކުރުމުގެ ތެރޭގައި އަދި ސަޢްޔު ކުރުމުގެ ތެރޭގައި ދުޢާކުރާއިރު އަތްއުފުލުންވެސް މިފަދައެވެ.
ދުޢާކުރާއިރު އަތް އުފުލުން ހުއްދަވެގެންވާކަމަށް ދަލީލުތަކުން ބާރުލިބޭ ޙާލަތްތަކުގައި ދުޢާކުރާއިރު އަތްއުފުލުމަކީ އެއްވެސް ޝައްކެތްނެތް ގޮތުގައި ހުއްދަކަމެކެވެ. ދެއަތް އުފުލުމުގެ މައްޗަށް ދަލީލެއް ނެތް ނަމަވެސް، އެ ދުޢާއަކީ އަޅުކަމެއްގެ ތެރޭގައި ކުރެވޭ ކަމެއް ނޫންނަމަ، އެ ހިމެނެނީ މުޠުލަޤު ދުޢާގެ ތެރޭގައެވެ. މިފަދަ ދުޢާތަކުގައި ދެއަތް އުފުލުމާމެދު އެއްވެސް މައްސަލައެއް ނެތެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިންބަފައިން ދަރީންނަށް ބަދު ދުޢާކުރުން
6 - ޖޫން - 2021
ރޮހިންގާ މުސްލިމުންގެ ހައްގުގައި އިހަވަންދޫ ރައްޔިތުން އަޑުއުފުލައިފި
13 - ސެޕްޓެމްބަރު - 2017
ވަގުތީ ކުނިކޮށި ގާއިމުކުރުމުގެ މަސައްކަތް ފެނައާރާއި ހަވާލުކުރީ 1.4 ލައްކަޔަށް
8 - އޮކްޓޯބަރު - 2026
އިހަވަންދޫ ބަލިކޮށް ނައިވާދޫ ނޯތް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި
7 - އޮކްޓޯބަރު - 2026
ފޮޓޯ: ގާތުމަލަ ފިހާރައިގެ ފާރެއް ވެއްޓި ގެއްލުންވުން
7 - އޮކްޓޯބަރު - 2026
ގާތުމަލަ ފިހާރަ ވެއްޓޭތީ ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ!
7 - އޮކްޓޯބަރު - 2026
ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
7 - އޮކްޓޯބަރު - 2026
ދިގުފަރު ޕްރޮޖެކްޓް: މިނިސްޓަރު ސައީދު ދެއްވީ ޔަޤީންކަން!
7 - އޮކްޓޯބަރު - 2026
އިހަވަންދޫ ފަހަތުން އަރައި ކަނޑިތީމާއި އެއްވަރުކޮށް ފައިނަލަށް!
5 - އޮކްޓޯބަރު - 2026
މިއަދު ކަނޑިތީމާ ދެކޮޅަށް އިހަވަންދޫ ނުކުންނަނީ ފައިނަލް ކަށަވަރުކުރުމުގެ އުންމީދުގައި!
5 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް