ތެޔޮތާހަށް އަތް ލައިގެން ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެއް!

މުޙައްމަދު އަކުރަމް

އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޕްރޭމް ސިންގް 65 އަކީ ކެކިކެކިހުރި ތޮޔަތާހަކަށް އަތްބާނާގެން ތަކެތި ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެކެވެ. ދިއްލީގައި ގަނޭޝް ރެސްޓޯރަންޓްގެ ނަމުގައި އޭނާގެ ބައްޕަ 1960 ހުގައި ހުޅުވި ރެސްޓޯރަންޓްގައި މަސައްކަތްކުރާ ޕްރޭމް ބުނާގޮތުގައި، އޭނާ 200 ޑިގްރީ ސެލްސިއެސްއަށްވުރެ ހޫނު ތެޔޮގަނޑަށް އަތް ލާގެން ދުވަހަކުވެސް ފިހުންފަދަ ހާދިސާއެއް ދިމަލެއް ނުވެއެވެ. އޭނާ އެގޮތަށް އަތް ބޭނުންކޮށްގެން ތެލުލާތާ މިހާރު 25 އަހަރު ވެފައިވާކަމަށް އޭނާ ބުނެއެވެ.

indian fry man

އެއީ ފަރިތަކޮށްގެން ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެއްކަމަށް ޕްރޭމް ބުނެއެވެ. ތެޔޮތާހަށް ހުސްއަތް ލައިގެން ތެލުލުން ފެށުނުގޮތާއި ބޭހޭގޮތުން އޭނާ ބުނެފައިވަނީ، އެއްދުވަހަކު އޭނާގެ އަތް ތެޔޮތާހަށް ދިޔައީ ކަމަށާއި އެކަމުން އޭނާއަށް އެއްވެސް ގެއްލުމެއްނުވުމުން އެކަން ކުރަން ފެށީކަމުގައެވެ.

ޕްރޭމްގެ ހުނަރު ބަލާލަން ކޮންމެދުވަހަކުވެސް އޭނާގެ ރެސްޓޯރަންޓަށް އެތައްބަޔަކު ދެއެވެ. ޕްރޭމްސިންގް ބުނާގޮތުގައި އޭނާ ކޮންމެދުވަހަކުވެސް 100 ކިލޯއަށްވުރެ ގިނަ މަސް ތެލުލައެވެ.