"އަޅުގަނޑު އުފައްދާ ފަރުނީޗާރަށް، ބުރޭންޑް ނަމެއްދޭނަން" – އަހުސަން

ފާތުމަތު ޝާއިރާ

އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން އެތައް ކަމެއް ވަނީއަޅުގަނޑުމެނަށް  ވާރުތަވެ، ދަސްވެފައެވެ.މީ ގެ ތެރެއިން އެއްކަމަކީ ވަޑާމުގެ މަސައްކަތެވެ. އޮޑި ދޯނި ފަހަރު ބަނުމާއި ގެދޮރު ހެދުމާއި ، އެނދު ، މޭޒު ، ގޮނޑި، އަލަމާރި އަދި  މިހެން ގޮސް ހިފާ ގެން ގުޅޭ ހުރިހާ ސާމާނެއްވެސް އޭރު ހަދައި އުޅުނީ އަޅުގަނޑުމެންގެ ކާބަފައިންގެ އަމިއްލަ އަތުންނެވެ. ނަމަވެސް މިހާރު އެކަންތައް ތައް ކޮށްއުޅުނުގޮތް މިވަނީ މާޒީއާއި އެކުވެފައެވެ. ޒާމަނަށް އަންނަމުންދާ ބަދަލާ އެކު އެކަން ކަން ވެސް މުޅިން ބަދަލުވެއްޖެއެވެ .ޓެކްނޮލޮޖީގެ ފަސޭހަކަންވަނީ މިކަމަށް އެތަށް ލުޔެއް ގެނެސްދީފައެވެ.

މިފަހަރު އެމީހުންގެ ހުނަރުގެ ބައި މި ޙާއްސަ ކޮއްލަނީ  އުވެމުންދާ ވަޑާމުގެ މަސައްކަތަށް  ޝައުޤުހުރި އަދި އެމަސައްކަތް ކުރަމުންދާ ކުޅަދާނަ ޒުވާން ހުނަރުވެރިޔާ ހއ. އިހަވަންދޫ ޑްރީމްބީޗް ހަސަން އަހުސަން އަށެވެ. މީގެއިތުރުން އަހުސަންއަކީ  އިލެކްޓުރޯނިކް އާލާތްތައް މަރާމާތުވެސްކުރާ ފަރާތެކެވެ. ފޯނު، ފުރިޖް ، ދޮންނަމެޝިން ފަދަ ތަކެތި މަރާތުކުރުމަކީ އަހުސަނަށް މާ ބޮޑު ކަމެއްނޫނެވެ. އަދި އިހަވަންދޫ އަށް ޓެކްސީ ގެ ހިދުމަތް ވެސް އޭނާ އަންނަނީ ފޯރުކޮއް ދެމުންނެވެ.  ނަމަވެސް އަޅުގަނޑުގެ ސުވާލުތައް އަހުސަން އަށް އަމާޒުކޮށްލީ ވަޑާން ކުރުމުގެ ދައިރާއިންނެވެ.

 1. އަހުސަންއަކީ ކާކުތޯ އަހާފިނަ ބުނާނީ ކީކޭ؟

އަޅުގަނޑަކީ ހއ. އިހަވަންދޫ ޑްރީމް ބީޗް ހަސަން އަހުސަން ( 24 އަހަރު) ޖީ ސީ އޯ ލެވެލް ނިންމާ ލުމަށްފަހު ރެނެވެބަލް އެނާރޖީ ސިސްޓަމް އިންސްޓޮލޭޝަން ލެވެލް  3 އަދި ޑިސެލިނޭޝަން ސިސްޓަމް އޮޕޮރޭޝަންސް އެންޑް މެއިންޓެނަންސް ލެވެލް 3 ފުރިހަމަ ކުރުމަށް ފަހު އިހަވަންދޫ   ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ  ޓެކްނީޝަން އެޓް ވޯޓާރ ޑިޕާޓްމެންޓު ގަ މަސައްކަތް ކުރަނީ..

2. ވަޒީފާގެ އިތުރުން އަހުސަން އިތުރު މަސައްކަތެއް ކުރަންތޯ؟

ފަރުނީޗަރުހެދުން، މީހުން ދޭ ޑިޒައިންތަކާ އެއްގޮތަށް ބަދިގެ ސެޓް ހަދައިދިނުން، ޓެކްސީ ދުއްވުން އަދި އިލެކްޓްރިކް އެޕްލިއެންސް މަރާމާތުކުރުން މިކަހަލަ މަސައްކަތް ކޮއްލަން.

 

3. ވަޑާމުގެ މަސައްކަތައް އަހުސަނުގެ ހިތުގަ ޝައުގު އުފެދުނީ ކިހިނެއް؟

އަޅުގަޑަކީ އަބަދުވެސް ކުޅިވަރުތަކާއި ދުރުމީހެއް .. މިކަމަކީ ހޮބީ އެއްގޮތަށް ފެށުނު ކަމެއް.

4. މަސަކަތް ފެށިގެން އައީ ކިހިނެއް؟

ފުރަތަމަ ކޮންމެ ކަމެއްވެސް ފަށާއިރު ގިނަ ގޮންޖެހުންތައް ހުންނާނެ.. ކޮންމެ ކަމަކީވެސް ކުރެވޭނެ ކަމެއްކަމަށް އަޒުމުކަނޑައަޅާ އެކަމަކާ ކުރިމަތިލީ.. ޝައުގުވެރިކަން ހުންނަ ކަމެއްކަމަށް ވާތީ ފުރަތަމަ މީހުނަށް މަސައްކަތް ކޮއްދީހެދީ ހިލޭސާބަހަށް..

5. މަސައްކަތުގައި އަހުސަން ސަމާލުކަން ދޭ ކަންތައްތަކަކީކޮބާ؟

މަސައްކަތުގެ ކޮލިޓީ އަދި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ދުވަހަށް ވުރެވެސް ކުރިން އިތުބާރާއިއެކު މަސައްކަތް ނިންމުން. އަދި މަސައްކަތް އެއް މިންގަޑެއްގައި ހިފެހެއްޓުމަށް، ސްޓެންޑާޑް ރޯ މެޓީރިއަލްސް އެންޑް ޓޫލްސް ބޭނުން ކުރުން..

6. ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ މަސައްކަތެއްނުމީ.. ވަޒީފާ ގަ އުޅުމުން ކިހިނެއް ވަގުތުހޯދަނީ ؟

ޑިއުޓީގަޑީގެ ޓައިމްޓޭބަލް ބެލުމަށްފަހު ހުސްވަގުތު ހޯދަނީ.. ބައެއްފަހަރު މަސައްކަތް ނިންމުމަށް ޓަކައި ރޭގަނޑުވަގުތު ހޭލާ ހުރެގެން ވެސް މަސައްކަތްކުރަން.

7. ކިހިނެއް މަސައްކަތައް ބެނުންވާ ތަކެތި ހޯދަނީ؟ މިބުނީ މަސައްކަތް ހަވާލުކުރާ ފަރާތްތޯ ލަކުޑި އެއްޗެހި ހޯދަނީ؟

ކަސްޓަމާރ އާހަވާލުކުރަނީ ގަންނަން.. އަޅުގަނޑު ދެނީ ލިސްޓެއް ބޭނުންވާ ތަކެތީގެ..

 8. އާންމުކޮއް ކިހާދުވަހެއް ނަގާ މަސައްކަތެއް ނިންމާލަން ؟

އާންމުކޮށް ކޮންމެ ޑިޒައިނެއްގެ އެއްޗެއް ހަދާ ކަމުގައިވިޔަސް، މަސައްކަތް ފުރިހަމަކޮށް އިންސްޓޯލްކުރަން 3-4 ދުވަސް ، މެކްސިމަމް 5 ދުވަސް ނަގާނެ.

9. ފަރުނީޗަރ އެއްޗެހިގެ އަގުތައް ކިހިނެއް ހަދަނީ؟

މިސާލަކަށް ބެޑްރޫމްސެޓް އެއްޗެހި ބާޒާރުގަ ހުންނައަގުބަލާފަ ، އަޅުގނަޑުގެ ވޯކުގެ ޕްރައިޒް ސެޓްކުރަނީ.. ޕްލަސް ރޯމެޓީރިއަލް އެޑްކުރީމަ ބަލަނީ ބާޒާރުގެ އަގާ އެއްހަމަ އެއްގަ އަގު ކުރެވޭތޯ..

10. ހިތް ހަމަޖެހޭ ވަރަށް މަސައްކަތް ލިބޭތަ؟

ޑިމާންޑްވަރަށްވެސް ބޮޑު،  މަސައްކަތްހަވާލު ކުރާ ފަރާތްތަކުގެ ތަރުތީބުން މަސައްކަތްކޮށްދެނީ ވަކިވަކިން މަސައްކަތް ނިންމުމަށްފަހު.. ރަށުގެހުރިހާ ރައްޔިތުންވެސް އަޅުގަނޑުކުރާ މަސައްކަތާދޭތެރޭ ހިތްހަމަޖެހޭތީ އަޅުގަނޑު ވަރަށް އުފާވޭ.

11. ތިމަސައްކަތުން ލިބޭ އާމްދަނީ ހޭދަކުރަނީ ކިހިނެއް؟ އަދި ތިކަން އިތުރަށް ފުޅާކުރަން ވިސްނަނީ ކިހިނއް؟

އަޅުގަނޑު މިމަސައްކަތް ކޮށްގެން ލިބޭއާމްދަނީ ހޭދަކުރަނީ އެންމެފަހުގެ ވަސީލަތްތައް ހޯދުމަށާއި ،  މަސައްކަތްކުރަން ބޭނުންވާ ސާމާނަކީ، ޕްރޮފެޝެނަލް ޓޫލްސް ކަމުގައި ހެދުމަށް.. އަދި މީގެ އިތުރުން އަޅުގަނޑު މިދަނީ އިންވެސްޓްމެންޓު ރަޖިސްޓާރކޮށް އަޅުގަނޑު އުފަށްދާ ފަރުނީޗާރއަށް، ބުރޭންޑް ނޭމްއް އުފަށްދަން މަސައްކަތްކުރަމުން… އަޅުގަނޑު ބޭނުންވަނީ މިމަސައްކަތަކީ އެންމެންވެސް އިތުބާރުކުރާ މަސައްކަތެއްކަމުގައި ސާބިތުކޮށްދޭން… އަދި ގިނަ ޒުވާނުންނަށްވެސް މިކަން ދަސްކޮށްދެމުން މިދަނީ.

12. މި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން ނަށް އޮތީ ކޮންފުރުސަތުތަކެއް؟

އަބަދުވެސް ކައިރީގައިގެންގުޅޭ ކުދިންނަކީ ޒުވާންކުދިން.. ކޮންމެކުއްޖަކުވެސް މި މަސައްކަތް ކުރަން އަންނަންވީހަމަ ، ހޮބީއެއްގެގޮތުން  ވިޔަސް މަސައްކަތުގަ ބައިވެރި ކުރާކޮންމެ ކުއްޖަކަސް އަކަށީގެންވާ އެންމެ ރަނގަޅު މިންގަޑުން މުސާރަ ހަމަޖައްސައިދެން މިހާރުވެސް، މިމަސައްކަތް ދަސްކުރަން ބޭނުންވާކޮންމެ ޒުވާނަކަށްވެސް އެފުރުސަތުދޭންބޭނުން. އަދިކޮންމެ ޒުވަނަކަށް މަރުހަބާ ކިޔަން، ކަމެއް ނެތިފަތިބޭ ޒުވާނުންނަށް ހުސްވަގުތު މިކަހަލަ ކަމެއް ކޮށްލުން އެއީ ހަމަހުރިހާގޮތަކުން މަންފާލިބޭ ކަމެއް ކަމުގައިވާނެކަން ޔަގީން. އަދި މަސައްކަތްކުރަން ބޭނުންވާ ޒުވާނުން އަޅުގަނޑާ ގުޅުއްވައިގެން ނޫންނަމަ ފޭސްބުކް މެދުވެރިކޮށް ކޮންޓެކްޓުކޮށްލާ…

13. ޒުވަނުން ނަށް އަހުސަން ދޭން ބޭނުންވާ މެސެޖަކީކޮބާ؟

ހުރިހާ ޒުވާނުންނަށް ދޭންބޭނުންވާ ނަސޭހަތަކީ، ޒުވާނުންނޭތީ، ކޮންމެމީހެއްގެވެސް ބޭނުންތަކަށް ބޭނުންވެފައިވާ ކުދިންނޭ، ތިކުދިންނަށް ލިބިފައިވާ ކޮންމެ ހުނަރެއްގެވެސް ބޭނުންހިފައި، އަދި ލިބޭކޮންމެ ފައިސާ ފޮއްޗަކީވެސް އަމިއްލަ އަތުންކުރާބުރަ މަސައްކަތުން ހޯދައި ފައިސާފޮއްޗެއް ކަމުގައި ހަދާށޭ. އޭރުންހުރިހާ ގޮތަކުންވެސް މަންފާކުރާނޭ ..

14. ކިހިނެއް ހަދަންޖެހެނީ އަހުސަން އާ މަސައްކަތެއް ހަވަލުކޮއްލަން ވެއްޖެނަމަ؟

އަޅުގަނޑާއެކީ މަސައްކަތްކުރަންބޭނުންވާ، ނޫންނަމަ އަޅުގަނޑަށް މަސައްކަތެއް ހަވާލުކުރަންވެސް ގުޅުއްވާނީ 9157450 އަށް. މީގެއިތުރުން ފޭސްބުކް މެދުވެރިކޮށްވެސް ކޮންޓެކްޓުކޮށްލެވޭނެ. ފޭސްބުކް ކޮންޓެކްޓްއަކީ ހަސަން އަހުސަން.

15. ޝުކުރުއަދާ ކޮއްލަން ބޭނުން ވަނީ ކޮންބަޔަކަށް؟

ފުރަތަމަ ޝުކުރު ހައްޤުވަނީ އަޅުގަނޑަށް މިހުނަރު ދެއްވިފަރާތް މާތްﷲ ސުބުޚާނަޚޫ ވަތަޢާލާއަށް، އެއަށްފަހު އަޅުގަނޑުގެ މައިންބަފައިންނަށް. އަދި ޚާއްސަކޮށް އަޅުގަނޑާއެއްކޮށް މަސައްކަތްކުރަމުންދާ ޒުވާން ކުދިންނަށް. އަދި “ހުނަރު” މި ސެގްމެންޓު އޯގަނައިޒްކުރާ ފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ. މިއީ އަޅުގަނޑު ކުރާ މަސައްކަތަށް ލިބުނު އިތުރުހިތްވަރެއް.

ކަސްޓަމަރެއްގެ ބަސް

“އެންމެ މައްސަލަ އެއްގެ އެތަށް ހައްލެއް އޭނާ ހޯދާނެ،އެންމެ ފުރިހަމަކޮށް ކަން ކުރުމަކީ އޭނާ އެންމެ ފުރަތަމަ އިސްކަމެއްދޭ ކަމަކީ”   

އަހުސަން އަކީ ޒުވާނުން ނަމޫނާ އަކަށްބަލައި، އަހުސަންގެ ފުށުން ހިތްވަރުލިބި މިސާލު ނަގަންޖެހޭފަދަ މުހިއްމު ޒުވާނެކެވެ.  އަހުސަން ވަނީ ޅައުމުރުގައި މިދިޔަ ބަރަކާތްތެރި ރަމަޞާންމަހު ޢުމުރާ އަށް ވެސް ގޮސްފައެވެ. އަޅުގނޑު އެދެނީ މާތްﷲގެ ހެޔޮރަޚުމަތާ އެކު އަހުސަން ގެ މަސައްކަތުގައި ބަރަކާތްލައްވާ ، އަހުސަންގެ އުއްމީދު ތަކުގައި ކުލަޖެހި މަސައްކަތް އިތުރަށް ފުޅާވެގެންދިއުމެވެ.

ހުނަރުގެ މިސެގްމަންޓު މިނިންމާލަނީ ކިޔުންތެރިންނަށް އަހުސަން އާއި ގުޅޭ މައުލުމާތު ކޮޅެއް ހިއްސާ ކޮލެވުނު ކަމަށް ދެކެމުން، ކުރިއަށް އޮތް ސެގްމަންޓުގައި މުޅިން އާ ހުނަރުވެރި އަކާއި އެކު ބައްދަލުކޮށްލުމުގެ އުއްމީދުގައެވެ.