ޔުނިޓީގެ މުސާޢަދާ ޕްރޮގުރާމުގެ ދަށުން ބައުވެފައިވާ ދީނީ ލިޔުންތައް ނައްތާލުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މިއީ ޔުނިޓީން މި ޕްރޮގްރާމް ކުރިޔަށް ގެންދާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުވެސް މުސާޢަދާ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވެއެވެ.
ޔުނިޓީން މައުލޫމާތު ދޭގޮތުގައި، މިޕުރުގުރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައުވެހަލާކުވެފައިވާ ހަތިމުތަކާއި އަދި އެނޫންވެސް ދީނީ ލިޔުންތައް، ދީނީ ތަރަހައިގެ ތެރެއިން ނައްތާލުމަށް އެހީތެރިވުމުގެ ހަރަކާތެއްކަމުގައެވެ. މިފަހަރުގެ މުސާޢަދާ ޕްރޮގުރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 އިން 4 އަށެވެ.
އެހެންކަމުން މި ޕްރޮގްރާމްގެ ދަށުން، ބައުވެ ހަލާކުވެފައިވާ ދީނީ ޝިޢާރުތައް ހިމެނޭ ފޮތްތައް ނައްޓައިލުމަށް ބޭނުންވާނަމަ މި ލިންކްގައިވާ ފޯމް ފުރަމަށް ޔުނިޓީއިން އެދެއެވެ.