އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދޭން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން އިއްޔަ ކޮށްފައިވާ އިޢުލާނުގައިވަނީ، ހއ.އިހަވަންދޫގައި މިވަތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.އިހަވަންދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (B) އަށް ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމުގައެވެ. އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (B)ޒޯނަށް ރަޖިސްޓްރީ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައިކަމަށްވެސް އެއިޢުލާނުގައި ވެއެވެ.
ކައުންސިލުން ދީފައިވާ މުއްދަތުގައި، އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތަކުގެ ފެރިންނާއި މެދު “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަންދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް އިހަވަންދޫ ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައި، އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.