މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!

.

ހުރަވީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް، މިއަހަރު ކުރާނެކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓަރ މިހެން ވިދާޅުވީ، ބިއުޓިފުލް ބްލޫ މައިކަޕް ފުޓްބޯޅަ މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“މިރަށު ހުރަވީ ދަނޑަކީ ވަރަށް މުހިއްމު ދަނޑެއް. އެދަނޑުގަ ޒަމާނީ ފެންވަރަށް ކުޅިވަރު ކުޅެވޭނެ ގޮތް ހެދުން، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ ޓާފް އެޅެމުގެ މަސައްކަތް އަޅުގަނޑުމެން މިނިސްޓްރީއިން ކުރަމުން ގެންދާނެކަން. އެހެންވީމާ އެޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަރުވަން”  މިނިސްޓަރ ރާފިއު ވިދާޅުވިއެވެ. މިނިސްޓްރު ރާފިއު ވިދާޅުވީ އެކަން ނުކުރާންވީ ސަބަބެއް ނެތްކަމުގައެވެ. ސަބަބަކީ ފާއިތުވި އަހަރުވެސް 3 މުބާރާތެއް މިރަށުގައި ކުޅުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައިކަޕްގެ 14 މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، 13 މުބާރާތެއް ކުޅެފައިވަނީ ހުރަވީ ދަނޑުގައެވެ. އަދި އެމުބާރާތްތައް ކުޅެފައިވަނީ  ނައިން  އަ ސައިޑް ފޯމެޓަށެވެ. ނަމަވެސް  14 ވަނަ މައިކަޕް މުބާރާތް ކުޅެފައިވަނީ  އިލަވަން  އަ ސައިޑް ފޯމެޓަށެވެ. ޓާފްދަނޑެއްގައި މައިކަޕް މުބާރާތް ބޭއްވުމަކީ، މައިކަޕްގެ ބާނީ މުހައްމަދު އަބުދުﷲ (މުހައްމާ)ގެ އުއްމީދެކެވެ. މުހައްމާގެ އެއުއްމީދު ހާސިލްމިވީ 14 ވަނަ މައިކަޕާއި ހަމައިންނެވެ.