ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު އިހަވަންދޫއަށް ވަޑައިގަންނަވަނީ

މުޙައްމަދު އަކުރަމް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހު އިހަވަންދޫއަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި ދަތުރުފުޅުގައި ރައީސް އިހަވަންދޫއަށް ވަޑައިގަންނަވާނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށްވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ރަށު ފެންވަރުގައި މަރުޙަބާ ދެންނެވުމުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅާ ގުޅުވައިގެން އިހަވަންދޫގައި ބައެއް އައު ޚިދުމަތްތައް ތަޢާރަފުކުރެވޭނެ ކަމަށާއި، ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މުހިންމު މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށްވެސް ސޮބާޙް ހާމަކުރެއްވިއެވެ.

މިއީ ރައީސްކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.