ސަވަންނަ މަސްރޭހުގެ އެއްވަނަ އިހަވަންދޫ ކައުންސިލް ހޯދައިފި...

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލްގެ އަހަރީދުވަހާއި ގުޅުވައިގެން، ރަންޔޫބީލް ހަރަކާތެއްގެ ގޮތުގައި ކުރިޔަށްގެންދިޔަ ސަވަންނަ މަސްރޭހުން އެއްވަނަ އިހަވަންދޫ ކައުންސިލް އިދާރާގެ ޓީމް ހޯދައިފިއެވެ.

ޖުމުލަ 11 ޓީމާއިއެކު ކުރިޔަށް ގެންދިޔަ މިމަސްރޭހުން އެއްވަނަ ކައުންސިލްގެ ޓީމް ހޯދީ 56.56  ކިލޯގެ މަސް ބާނައިގެންނެވެ. މިމުބާރާތުން ދެވަނަ ހޯދީ ޓީމް ސަރަކައެވެ. އެޓީމްވަނީ 46.15 ކިލޯގެ މަސްބާނާފައެވެ. މިމުބާރާތުގެ 3 ވަނަ ހޯދީ އާރުޑީސީއެވެ. އެޓީމް ވަނީ 44.55 ކިލޯގެ މަސް ބާނާފައެވެ. 4.75 ކިލޯގެ މަހެއް ބާނައިގެން އެންމެ ބަރު މަސްބޭނި ފަރާތަށް ހޮވުނީ އިހަވަންދޫ ސްކޫލްގެ މޫސާ އަބުދުލް ހަފީޒްއެވެ.

މިމަސްރޭހުގެ އެއްވަނަ ޓީމަށް 5056ރ، ދެވަނަ ޓީމަށް 2056ރ، ތިންވަނަ ޓީމަށް 1056ރ އަދި އެންމެ ބަރުމަސް ބޭނު ފަރާތަށް 556ރ ދީފައިވެއެވެ.