އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ދެވަނަ މެޗްގައި އައި.އެސް.އޭޑީ.އެޗް.ސީ (ސްކޫލް/މަރުކަޒު) ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ (ކައުންސިލް/ކޯޓް/އެމްޓީސީސީ) ފެށުން ރަނގަޅުކޮށްފިއެވެ.
މިމެޗްގެ ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު ސީ.އެމް.ސީގެ ޖާޒީ ނަންބަރު 11 ހުސައިން ޝަރީފް ވަނީ ދެ ގޯލް ޖަހާފައެވެ. އެއީ ފުރަތަމަ ހާފްގެ 15 އަދި 17 ވަނަ މިނެޓްގައެވެ. އެޓީމްގެ ޖާޒީ ނަންބަރު 30 އަލީ އަރުޝަދު ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި ގޯލެއް ޖެހިއިރު ޖާޒީ ނަންބަރު 7 ޢަލީ ފަވާޒް އެޓީމްގެ ފުރަތަމަ ގޯލް ޖެހީ ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްގައެވެ. ސީ.އެމް.ސީގެ ކީޕަރު މުހައްމަދު ޖާވިދުގެ ފަރާތުން މޮޅު ކުމެއްފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ފަހުހާފުގައި ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.
ސީ.އެމް.ސީ މާދަމާރޭ 21:15 ގައި ބައްދަލުކުރާނީ ކްލަބް އައި.ޕީ.އެސް އާއެވެ. އަދި އައި.އެސް.އޭޑީ.އެޗް.ސީ 20:15 ގައި ނުކުންނާނީ ފެނަކައާއި ދެކޮޅަށެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ ސުކޫލް
އިހަވަންދޫ ޕޮލިސް
ފެނަކަ އިހަވަންދޫ ބުރާންޗް
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ
7 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކައުންސިލާއި ފެނަކަ ދަތުރުކޮށްފި
11 - ނޮވެމްބަރު - 2021
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ސެމީއަށް ކައުންސިލް، ޕޮލިސް، ފެނަކަ އަދި މަރުކަޒު
9 - ނޮވެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް