އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކައުންސިލާއި ފެނަކަ ދަތުރުކޮށްފި
އިހަވަންދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް އިހަވަންދޫ ކައުންސިލް އަދި ފެނަކަ ދަތުރުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލްގެ ޓީމް ފަނަލަށް ދަތުރުކުރީ ރޭކުޅުނު ސެމީ ފައިނަލްގައި އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ކޮމްބައިން ޓީމްގެ މައްޗަށް ޕެނަލްޓީޖަހައިގެން ކުރިހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމްވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާނެރުމަށްޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި ކައުންސިލުން 4 ޕެނަލްޓީ ކާމިޔާބުކުރިއިރު އާމިނާދިޔޯ ސިއްޙީމަރުކަޒަށް ކާމިޔާބުކުރެވުނީ 3 ޕެނަލްޓީއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ކައުންސިލް ޓީމްގެ ގޯލްކީޕަރު އަބުދުﷲ އަލީއެވެ.
ސެމީފައިނަލްގެ ދެވަނަ މެޗް ފެނަކައިން ކާމިޔާބުކުރީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ފެނަކަ ޓީމްގެ އަލީއެވެ.
އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ މިމުބާރާތުގައި މިއަހަރު ވާދަކުރަނީ، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް އިދާރާ އާއި ކޯޓް އަދި ބިޒްނަސް ސެންޓަރުގެ ޓީމް، އިހަވަންދޫ ޕޮލިސް، އެމްޓީސީސީ އަދި އައިބީއޭއެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ ޕޮލިސް
ފެނަކަ އިހަވަންދޫ ބުރާންޗް
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ
7 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ސެމީއަށް ކައުންސިލް، ޕޮލިސް، ފެނަކަ އަދި މަރުކަޒު
9 - ނޮވެމްބަރު - 2021
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް