ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!

މުޙައްމަދު އަކުރަމް

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) ޓިކެޓްގައި، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް  އިހަވަންދޫ ކައުންސިލަށް އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ހަމަކޮށްފިއެވެ.

ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ ކައުންސިލަށް ނުކުންނަނީ، މިހާރުވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބެވި، 4 ކައުންސިލަރުން ކަމަށްވާ މުހައްމަދު އަރީބް، މުހައްމަދު ޒާހިރު ހަސަން، ފާތިމަތު ޝަނީޒާ އަދި ހަލީމަތު ސުމާގެ އިތުރުން، އަލީ ރައްޒާންއެވެ. އެޓީމްގެ ފަރާތުން  އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމިތިލައްވާ އަލީ ރައްޒާން މިވަގުތު ހުންނެވީ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ.

ޕީއެންސީއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ކުރިމަތިލަނީ އާމިނަތު ނުޒުހަތުއެވެ.  އ.ތ.މ ކޮމިޓީގެ 4 މެމްބަރުންގެ މަޤާމަށް ވާދަކުރަނީ މުނީޒާ އާދަމް، މަރިޔަމް ޝަހީރާ، ޔަސްފާ އަހްމަދު އަދި ރުޤިއްޔަތު މުހައްމަދުއެވެ. ރުޤިއްޔަތު މުހައްމަދު އެޓީމަށް ނަގާފައިވަނީ، އެޓީމްގެ ފަރާތުން ކުރިން ކުރިމަތިލީ މަރިޔަމް ރިފްދާގެ ނަން އަނބުރާ ގެންދިއުމުންނެވެ.

ޕީއެންސީއިން ޕްރިއިމަރީއަކަށް އިއުލާންކުރިނަމަވެސް، ޕްރިއިމަރީއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ޝަރުތު ހަމަވީ ކުރިމަތިލާންޖެހޭ އަދަދަށެވެ. އެހެންކަމުން އެޕާޓީއިން ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ.