ހއ. އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި އައު ސްޓާފް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފިއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އިއްޔަ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިކަމުގެ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޙަސަން ރިފާއީ ބުޝްރީ ސޮއިކުރެއްވިއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. .
އިއްޔަގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި އިމާރާތްކުރާ އައު އިމާރާތްތަކުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފައެވެ، މި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢެއް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 6 މަޝްރޫޢެއް އަދި އެމް.ޓީ.ސީ.ސީ އާ 4 މަޝްރޫޢެއް ވަނީ ހަވާލުކޮށްފައެވެ.
އުލިގަމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުވެސް މިދިޔަ މަހު އާރުޑީސީއާއި ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.