ފުޓްސަލް އަދި ފުޓްބޯޅަ ބެއިސިކް ރެފްރީ ކޯހެއް އިހަވަންދޫގައި ކުރިޔަށްގެންދިއުމަށް ހަމަޖައްސައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން، ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވެސް އަދި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިޔަށްގެންދާ ކޯހެކެވެ.
މިކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 7 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގޫގަލް ފޯމެއް ފުރަންޖެހޭއިރު މިކޯސް ކުރިޔަށްދާނީ އަންނަ އޭޕްރީލް މަހުގެ 10 އިން 19 އަށެވެ. މިކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 18 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށެވެ.
ކޯހުގެ ކްލާސްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ. މިކޯހުން ފުރުސަތުދޭނީ ގިނަވެގެން 30 ބައިވެރިންނަށެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް.