އެމެރިކާގެ ބާޒާރުގައި މުދަލުގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެގައުމުގެ ގެރިބަކަރީގެ ސިނާއަތާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ. އެމެރިކާގެ ހުއިހައްޕާ ޖަނަވާރު ތަކުން ނައްތާލެވިފައިވާތާ އެތައް އަހަރެއްވީ، މަސްކާ ނުރައްކާތެރި ފަންޏެއް (New World Screwworm) ޓެކްސަސް އިން އަލުން ފެނިއްޖެއެވެ.
އެމެރިކާގެ އެގްރިކަލްޗާ ސެކްރެޓަރީ ބްރޫކް ރޮލިންސް ބުދަ ދުވަހުގެ ރޭ ވިދާޅުވި ގޮތުގައި، މި ފަނި ފެނިފައިވަނީ އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރީގައި އޮންނަ ލާ ޕްރަޔޯ ސަރަހައްދުގެ، އުމުރުން އެންމެ 3 ހަފްތާގެ ގެރިއެއްގެ ހަށިގަނޑުންނެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ޓެކްސަސް އިން މި ފަނި ފެނުނު ފުރަތަމަ ފަހަރެވެ.
މި ސޫތްޕަކީ އާދައިގެ ފަންޏެއް ނޫނެވެ. މިބާވަތުގެ މެހިތައް، ޖަނަވާރުތަކުގެ ހަށިގަނޑުގައި ހުންނަ ފާރުގަނޑުތަކުގައާއި ހުޅުވިފައި ހުންނަ ތަންތަނުގައި ބިސް އަޅައެވެ. އަދި ބިސްތައް ފަންޏަށް ބަދަލުވުމުން، އެ ފަނިތައް ޖަނަވާރުގެ މަސްގަނޑުގެ ތެރެއަށް ވަދެ، މަސްތައް ކަމުންދެއެވެ. މިއަށް ފަރުވާ ނުދެވިއްޖެނަމަ ޖަނަވާރު މަރުވެއެވެ.
މިކަމުގެ ސަބަބުން އިންސާނުންނަށާއި ގޭގައި ގެންގުޅޭ އެހެން ޖަނަވާރުތަކަށް ބަލިޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، އާންމުންނަށް މީގެއިން އޮތް ނުރައްކާ ކުޑަ ކަމަށް މާހިރުން ބުނެއެވެ. އަދި މިއީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ނޫން ނަމަވެސް، މި ބަލި ފެތުރިއްޖެނަމަ ލައިވްސްޓޮކް ސިނާއަތަށް ބިލިއަން ޑޮލަރުގެ ގެއްލުންވެ، މިހާރުވެސް ރެކޯޑް އަދަދަކަށް މަތިވެފައިވާ ގެރިމަހުގެ އަގު އިތުރަށް އުފުލިގެންދާނެއެވެ.
މި ނުރައްކާތެރި ސޫފި މެކްސިކޯއިން ފެށިގެން އުތުރަށް، އެމެރިކާ ބޯޑަރާ ދިމާލަށް ފެތުރެމުންދާ ކަމުގެ އިންޒާރު ދެމުންދާތާ މަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، ޓެކްސަސްގެ އެގްރިކަލްޗާ ކޮމިޝަނަރު ސިޑް މިލާ ވަނީ އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާ (USDA) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވުޒާރާއިން ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން މި ނުރައްކާ ގައުމަށް އެތެރެވީ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމުގެ ތެރެއަށް ސީދާ ވެދެވަޑައިގެން ފެޑެރަލް ހުރިހާ ވަސީލަތެއް ބޭނުންކުރަންޖެހޭ ކަމަށެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށް USDA އިން މިހާރު ވަނީ އަންނަނިވި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެމެރިކާގެ ގެރިބަކަރީގެ އަދަދު މިހާރުވެސް ހުރީ ފާއިތުވި 75 އަހަރުގެ ތެރޭގައި އެންމެ ދަށަށް ގޮސްފައިވާ މިންވަރުގައެވެ. އެހެންކަމުން، މި ބަލިމަޑުކަން ފެތުރިއްޖެނަމަ، ދަނޑުވެރިންނަށާއި އާންމުންނަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.