ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން "ތިލައުތުރު ފުޓްސަލް މުބާރާތް – 2022" ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ 6 ޓީމަކުން ކަމަށް ހއ. އަތޮލު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް، މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވެފައިވާ 6 ޓީމަކީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫއެވެ.
ހއ އަތޮޅުގެ ސަރުކާރު އޮފީސް ތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.
ހއ އަތޮޅުގެ މުވައްސަސާތަކުގައި ޙިދުމަތް ދެއްވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހެއެވެ. މިއީ ހއ އަތޮޅުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ހއ. އިހަވަންދޫ
ހއ. ތުރާކުނު
ހއ. ބާރަށް
ހއ. ދިއްދޫ
ހއ. އަތޮޅު ކައުންސިލް
ހއ. ފިއްލަދޫ
ހއ. އުތީމް
ތިލައުތުރު ފުޓްސަލް މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ފިއްލަދޫ، މުރައިދޫ، ތުރާކުނު އަދި ދިއްދޫ ސެމީއަށް
25 - ޖެނުއަރީ - 2023
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
އިހަވަންދޫ، ތުރާކުނު އަތްދަށުވެއްޖެ
22 - ޖެނުއަރީ - 2023
ވަށަފަރު ބަލިކޮށް އިހަވަންދޫގެ ފެށުން ރަނގަޅުކޮށްފި
21 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް