ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މިއަދު ކުރިޔަށްދާނެއެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ޑިފެންޑިންގ ޗެމްޕިއަން އިހަވަންދޫ، މިދިޔަ މުބާރާތުގެ ރަނަރަޕް އުތީމު، ދިއްދޫ އަދި މުރައިދޫއެވެ.
މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ އަދި މުރައިދޫއެވެ. އިހަވަންދޫ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި 8 ޕޮއިންޓާއި، ފައިދާ 7 ގޯލާއި އެކުއެވެ. މުރައިދޫ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައި 6 ޕޮއިންޓާއި އެކުއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އަދި އުތީމެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ދިއްދޫ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، އުތީމު ސެމީ ފައިނަލުން ޖާގަހޯދީ ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ދިއްދޫ، އިހަވަންދޫ އަދި އުތީމު މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ދިއްދޫވަނީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ހއ. އިހަވަންދޫ
ހއ. ދިއްދޫ
ހއ. އަތޮޅު ކައުންސިލް
ހއ. މުރައިދޫ
ހއ. އުތީމް
ތިލައުތުރު ފުޓްސަލް މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ފިއްލަދޫ، މުރައިދޫ، ތުރާކުނު އަދި ދިއްދޫ ސެމީއަށް
25 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024: ފަހަތުންއަރާ އުތީމް ބަލިކޮށް އިހަވަންދޫ ޓީމަށް ބޮޑު ހިންހަމަޖެހުމެއް
4 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް