ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
މުޙައްމަދު އަކުރަމް
7 - ނޮވެމްބަރު - 2025
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި އިހަވަންދޫއިން ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހުމެޗްގައި 5-0 އިން ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މިރޭގެ މެޗަށް އިހަވަންދޫ ނުކުތްއިރު، އަމިއްލަ ބާރުގައި ސެމީފައިނަލަށް ދަތުރުކުރުމަށް މިރޭގެ މެޗުން މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. އިހަވަންދޫ ޓީމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްވަނީ 4 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ. ނާއިޝްގެ އިތުރުން އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 10 އިބްރާހިމް ހާމިދުވެސް އިހަވަންދޫ ޓީމަށް ގޯލެއް ޖަހައިދިނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމްގެ އަލީ ނާއިޝްއެވެ.
9 ޓީމެއް ބައިވެރިވި މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމް ކަށަވަރުވަނީ މާދަމާ ފިއްލަދޫ އަދި އުތީމް ބައްދަލުކުރާ މެޗަށްފަހުއެވެ. އެމެޗުން އުތީމް ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ގްރޫޕްގެ އެއްވަނަ ލިބޭނީ އިހަވަންދޫއަށެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް