ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާޢަތުގައި ފަތިސް ނަމާދުކޮށް ބައިސްކަލެއް ހޯދުމުގެ ފުރުޞަތު
މަސްޖިދުއް ތަޢާވުން އަށް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތަށް ފަތިސްނަމާދަށް ހާޒިރުވާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް ލިބޭނޭކަމަށް އެމިސްކިތުގެ އިމާމު އަލްފާޟިލް ޙުސައިން ރަޝީދު މިރޭ އިޝާނަމާދަށްފަހު އިޢުލާނު ކުރައްވައިފިއެވެ.
މިސްކިތުގެ އިމާމު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ޖެހިޖެހިގެން 40 ދުވަސް ވަންދެން ބަރާބަރަށް ފަތިސްނަމާދުގެ ޖަމާއަތަށް ހާޒިރުވާ، ކުދިންގެ ތެރެއިން، ގުރޭޑު 1 ން 7 އާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް މި ފުރުސަތު އޮންނާނެއެވެ. އަދި މި ފެށޭ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 40 ދުވަސް ވަންދެން ފަތިސް ނަމާދުގެ ޖަމާއަތަށް މިސްކިތަށް ހާޒިރުވާ ކުދިންގެ ހާޒިރީ ބަރާބަރަށް ބެލެހެއްޓި ޖެހިޖެހިގެން 40 ދުވަހު ޖަމާއަތަށް ހާޒިރުވާ ކޮންމެ ކުއްޖަކަށް އެ ކުއްޖާގެ އުމުރާ ގުޅޭގޮތުން ބައިސްކަލެއް ލިބިގެން ދާނެއެވެ.
އިމާމު ވިދާޅުވީ، މިއީ، މި ކަމުގެ ފުރަތަމަ ބުރުކަމަށާއި، މި ބުރުގައި ޖެހިޖެހިގެން 40 ދުވަސް ހަމަ ނުކުރެވޭ ކުދިންނަށް ދެން އަންނަ ބުރެއްގައިވެސް ފުރުސަތު ލިބިގެން ދާނެ އެވެ. އަދި އެ އަދަދު ކިތައްމެ އިތުރުވި ނަމަވެސް އެ ފުރުޞަތު މި ކަން ފުރިހަމަ ކުރާ ކޮންމެ ކުއްޖަކަށް ލިބޭނޭކަމަށްވެސް ޙުސައިން ރަޝީދު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ، މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހާޒިރީ ބަލަން ފަށާނެ ކަމަށާއި، ހާޒިރީ ބަލަން ފެށުމަށްފަހު ކޮންމެ 10 ދުވަހަކުން، ޖައްސަ ޖައްސައިގެން ޖަމާއަތައް ހާޒިރުވަމުން އަންނަ ކުދިންނަށް، ހާއްސަ އިނާމެއް ލިބޭނެކަމަށްވެސް އިމާމު ވިދާޅުވިއެވެ.
އިމާމު އިތުރަށް ވިދާޅުވީ، މިކަމަކީ، ހެޔޮ އެދޭ ފަރާތެއްގެ އިސްނެގުމުގެ މަތިން އެ ފަރާތުން ކުރިއަށް ގެންދާ ކަމެއްކަމަށެވެ. އަދި މި ކަމުގެ މައިގަނޑު މަގުސަދަކީ، ފުރާވަރަށް އަޅާ އުމުރުގެ ކުދިންގެ ހިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމެވެ. ހާއްސަކޮށް ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް ސަމާލުކަން އިތުރުކުރުމެވެ. އެ ނަމާދު ވަކިން ފާހަގަކޮށްފައިވަނީ، ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފި ކުއްޖަކު އެހެން ނަމާދުތަކަށް ސަމާލުކަން ދިނުމަށް ބާރަކަށްވާނެތީއެވެ.
ފަތިސްނަމާދަކީ، އެނަމާދަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިއުއްމަތުގެ މާތް ނަބިއްޔާ އަހަރެމެންނަށް އިރުޝާދު ދީފައިވާ ނަމާދުތަކުގެ ތެރެއިން އެއްނަމާދެވެ. ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "މުނާފިގުންގެ މައްޗަށް އެންމެ ބުރަހެލިކަންބޮޑު އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައި އެކުލެވިފައިވާ ދަރުމައާއި ޘަވާބުގެ މަތިވެރިކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އެދެނަމާދަށް އެބައިމީހުން އައީހެވެ."
ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ބާރުއަޅުއްވާ މިއުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދަ އެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ."
އަދިވެސް ޙަދީޘް ކުރެއްވިއެވެ. "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ."
ގުޅުން ހުރެދާނެ ލިޔުން
ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާޢަތުގައި ފަތިސް ނަމާދުކުރި 38 ކުއްޖަކަށް ބައިސްކަލް ދީފި
12 - ސެޕްޓެމްބަރު - 2024
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން، ޖެހިޖެހިގެން 3 ވަނަ ފަހަރަށް އިރަމާ ހޯދައިފި
10 - ޖޫން - 2025
ގިނަދުވަސްތަކެއް ވަންދެން ނުދިއްލިހުރި ލައިޓްތައް ރަނގަޅުކޮށްފި
15 - ސެޕްޓެމްބަރު - 2022
ބޮޑުޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދާ އެކު ޢީދުގެ ހަރަކާތްތައް ފަށައިފި
11 - އޮގަސްޓު - 2019
އިހަވަންދޫގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި
22 - އޮގަސްޓު - 2018
އިމަގު ރަސްމުކުރިޔާ 1438: ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރައުލާ މުބާރާތް ކާމިޔާބުކޮށްފި
30 - ޖޫން - 2017
ޖޯކް: ގައުމެއްގައި ގިނައަހަރު ތަކެއް ވަންދެން ވެރިކަންކުރި ވެރިއެއް..
30 - ޖުލައި - 2013
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް