އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާނޭކަމުގެ ޔަޤީންކަން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސް އެކަމުގެ ޔަޤީންކަން ދެއްވީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހއ. ކެމްޕެއިން ޓީމްތަކާއި އެކު އޮންލައިންކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ދެއްކެވި ވާހަކަޔަށް ޖަވާބުދާރީވެ ވާހަކަ ދައްކަމަވުންނެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ ބިންގާ އަޅާފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އެމަސައްކަތް ކުރިޔަށް ދާނޭކަމުގައެވެ. އަދި އެބޭފުޅުން އެމަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމުގައެވެ. ސެޕްޓެމްބަރ 2020 ގައި އިހަވަންދޫގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއިއުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލި ކުންފުނިތަކުން ހުށަހަޅާފައިވާ އަގު ބޮޑުވުމުން ޓެންޑަރިންގް ޕްރޮސެސް ކުރިޔަށް ގޮސްފައެއްނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ހޮސްޕިޓަލް އެޅުމަށް ތައްޔާރުކޮށްފައިވާ ޑިޒައިނަށް ބަދަލުތަކެއް ގެނެސް އަލުން ޓޭންޑަރިންގ ޕްރޮސެސް ފެށުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ މާޗް މަހު އަލުން ޓެންޑަރިންގ އަށް ހުޅުވައިލާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް