ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ހއ. އަތޮޅު ބުރުގެ ފައިނަލްގައި، އިހަވަންދޫ ޓީމާއި ވާދަކުރާ ފިއްލަދޫ ޓީމް މިމެޗް ހޯސްޓްކުރާ އިހަވަންދޫއަށް އައިސްފިއެވެ. ފިއްލަދޫ ޓީމް އިހަވަންދޫއަށް އައުމުން، ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
"އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ހއ. އަތޮޅު ބުރުގައި ވާދަކުރަނީ އިހަވަންދޫ އަދި ފިއްލަދޫ އެކަންޏެވެ. އެމެޗް ކުޅޭނީ މާދަމާ ރޭ 20:30 ގައި އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގައެވެ. އެމެޗުން މޮޅުވާ ޓީމަކަށް ހއ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
މާދަމާރޭގެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް ދެ ޓީމަށްވެސް އޮޓޯއިން މުބާރާތުގެ ޒޯން ރައުންޑުން ޖާގަ ލިބިގެންދާނެއެވެ. މިމުބާރާތުގައި އިހަވަންދޫ ތަމްސީލްކުރަނީ ޖޭ ސްޕޯރޓްސް އެކަޑަމީއިންނެވެ.



