މަސްވެރިންގެ ދުވަހާ ދިމާކޮށް ކައުންސިލުން މަސްރޭހެއް
މިއަހަރުގެ މަސްވެރިންގެދުވަހާ ދިމާކޮށް އިހަވަންދޫ ކައުންސިލުން އިމަގު (އިހަވަންދޫ މަސްވެރިންގެ ގުޅުން) ޖަމިއްޔާއާ ގުޅިގެން މަސްރޭހެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ އިމަގު ޖަމިއްޔާއާ ގުޅިގެން އެކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އިހަވަންދޫ އަކީ، ފަޚުރުވެރި މަސްވެރި އާއިލާއެއް އޮތް ރަށަކަށްވެފައި، މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެއް ކަމަށެވެ.
ޢާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ބައިވެރި ވެވޭގޮތަށް ހުޅުވާލާފައިވާ މިމުބާރާތުގައި މުވައްސަސާތަކައި، ކުލަބު ޖަމިއްޔާ އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި، ވިޔަފާރިތަކާއި ރަށުގައި އުފެދިފައިވާ ޓީމްތަކުގެ ނަމުގައިވެސް ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިމަސްރޭހުގައި އެއްވަނަ ޓީމް، ދެވަނަ ޓީމް، ތިންވަނަ ޓީމް، އެންމެ ބަރުމަސް ބޭނީ މީހާ އަދި އެންމެ ގިނަ މަސް ބޭނި މީހާ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. 10 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ހަވީރު 16:00 ން 21:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި މަސްރޭހުގައި ބައިވެރިވުމުގެ ފޯމާއި ޤަވާއިދު އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެކައުންސިލުން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް