މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ކުޅިމަގު ނުކުންނަނީ، ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީންކަމާއި އެކުގައިކަމަށް ކުޅިމަގުގެ ކޯޗް މޫސާ އިރުޝާދު ބުނެފިއެވެ. އިރުޝާދު ބުނީ އެޓީމްގެ ކުރިހާ ކުޅުންތެރިންވެސް ފިޓްކަމަށާއި މާދަމާގެ މެޗަށް ނުކުންނަނީ އިތުބާރާއި އެކުކަމަށެވެ. މާދަމާ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ކުޅިމަގު ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.
ގްރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައި ކުޅިމަގު ސެމީފައިނަލަށް ދަތުރުކުރީ 10 ޕޮއިންޓާއި ފައިދާ 9 ގޯލާއި އެކުއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ކުޅިމަގު ގްރޫޕް ސްޓޭޖްގައި އެއްމެޗުން ވަނީ އެއްވަރުވެފައެވެ. އެއީ ގްރޫޕްގެ އެއްވަނާގައި އޮތް ހަނިމާދޫއާ ބައްދަލުކުރި މެޗެވެ. ގްރޫޕް ބީ ގެ އެއްވަނާގައި ހަނިމާދޫވެސް އޮތީ 10 ޕޮއިންޓާއިއެކުއެވެ. ނަމަވެސް ކުޅިމަގަށް ގްރޫޕްގެ ދެވަނަ ލިބެނީ ހަނިމާދޫއަށްވުރެ ކުޅިމަގުގެ ފައިދާ ގޯލް މަދުވުމުންނެވެ.
ކުޅިމަގުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެޓީމަށް 5 ގޯލް ޖަހައިދީފައިވާ މުހައްމަދު ޝަމްވީލްއެވެ. އަދި އެޓީމްގެ ޒުވާން ކުޅުންތެރިޔާ 19 އަހަރުގެ ސާލިމް މުހައްމަދަކީވެސް އިދިކޮޅު ޓީމްތަކަށް ހިފަހައްޓާލަން އުނދަގޫވާނެ ކުޅުންތެރިއެއްކަން ޔަޤީނެވެ. ސާލިމް މިހާތަނަށްވަނީ 4 ގޯލް ޖަހައި، އަދި އިތުރު އެއް ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. ސާލިމްފަދަ ހަލުވި ކުޅުންތެރިން ތިބި ޓީމަކާއި ދެކޮޅަށް ކުޅުމުގައި، ޔުނައިޓެޑް ޔޫތަށް އުނދަގޫތަކެއް ކުރިމަތިވާނެކަން ޔަޤީނެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟
28 - ޖުލައި - 2023
ފައިނަލާއި މެދު އުއްމީދު އެބައޮތް – ޔުނައިޓެޑް ޔޫތްގެ ކޯޗް ފަޔާޒް
28 - ޖުލައި - 2023
ވަރުގަދަ ހަނީމާދޫ ސެމީގައި ނައިވާދޫއާ ދެކޮޅަށް
28 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް
27 - ޖުލައި - 2023
ސެމީފައިނަލްގެ ޖާގަ ކަށަވަރުވި ފުރަތަމަ ދެޓީމަކަށް ހަނިމާދޫ އަދި ކުޅިމަގު
26 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް