އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، 10 ގަޑީއިރަށް ކަރަންޓް ކަނޑާލަނީ
އިހަވަންދޫގެ ކަރަންޓްގެ ނިޒާމުގެ ބޮޑު އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ (9 އޮގަސްޓްވާ ބުދަ ދުވަހު) 10 ގަޑީއިރަށް ކަރަންޓް ކަނޑާލާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 އިން ފެށިގެންނެވެ. ކުރަން ހަމަޖެހިފައިވާ މަސައްކަތަށް 10 ގަޑީއިރު ހޭދަވާނެކަމަށް ލަފާކުރެވުނު ނަމަވެސް މަސައްކަތް ނިމުނިހާ އަވަހަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށްވެއެވެ.
މާދަމާ ކަރަންޓް ކަނޑާލާގޮތަށް ހަމަޖެހިފައިވާނަމަވެސް އިންޖީނުގެއަށް ވަކި ފީޑަރު އަޅާފައިވާ، އިހަވަންދޫ ސްކޫލާއި އާމިނާދިޔޯ ސިއްޙިމަރުކަޒަށް ކަރަންޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޯށްދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައިސް ޕްލާންޓްގެ ޖެނެރޭޓަރ މެދުވެރިކޮށް ޕްލާންޓްގެ ނެޓްވޯރކް ޕެނަލްއާއި ގުޅުމުގެ މަސައްކަތް ކުރިޔަށް ދާއިރު ފެނަކައިން ފޯރުކޮށްދެމުންއަންނަ ބޯފެނުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ކަރަންޓް ކަނޑާލަނީ އިންޖީނުގޭގެ ޕެނަލް ބޯޑް އިންސްޓޯލް ކުރުމަށެވެ. އިހަވަންދޫގެ ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރަށުގެ 3 ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިނިމި ޕަވަރހައުސްގެ އައު ކޮންޓްރޯލް ޕެނަލް އިންސްޓޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށިގެން މިހާރުވެސްދަނީ ކުރިޔަށެވެ. އެމަސައްކަތް ނިމުމުން އަލަށް ވަޅުލެވުނު ކަރަންޓް އެޗްވީ އަދި އެލްވީ ކޭބަލް ނެޓްވޯރކަށް ކަރަންޓް ދެވިގެންދާނެއެވެ. މި ހިނގާ އޯގަސްޓް މަސްތެރޭގައި ވޯލްޓޭޖް ޑްރޮޕް މައްސަލަ އަށް ދާޢިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތް އެއްކޮށް ނިމި އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
6 - މޭ - 2024
ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
7 - އޭޕްރީލް - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މިއަދުވެސް، ކަރަންޓް ކަނޑަނީ
10 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް