- ޕްރީސްކޫލް : (އެލްކޭޖީ، ޔޫކޭޖީ)
- ސްޓާޓަރ: (ގްރޭޑް 1،2،3)
- ޕްރީ އިންޓަރ މީޑިއޭޓް: (ގްރޭޑް 4،5)
- އިންޓަރ މީޑިއޭޓް: (ގްރޭޑް 6،7)
ރޯޔަލް ލެންގުއޭޖް އެކަޑަމީގެ އިނގިރޭސި ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި
އިހަވަންދޫގައި އިނގިރޭސި ބަސް ކިޔަވައި ދިނުމަށް ޚާއްޞަކޮށްގެން ހިންގާ އެންމެ ދުވަސްވީ ކުލާސް ކަމުގައިވާ ރޯޔަލް ލެންގުއޭޖް އެކަޑަމީގެ އައު ދިރާސީ އަހަރު އެކުލާހަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކުލާސްތަކަކީ ޕްރީސްކޫލް ދަރިވަރުންގެ ލެވެލް އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް އިނގިރޭސިބަހުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދެވޭ ކުލާސްތަކެކެވެ. ދަރިވަރުންގެ ޢުމުރާއި ގްރޭޑަށް ބެލުމަށްފަހު އެކި ލެވެލްތަކަށް ބަހާލެވިގެން 2020 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މިކުލާހުގައި ކިޔަވައިދެނީ އިނގިރޭސި ބަހުގެ ދާއިރާއިން މަތީ ތަޢްލީމް ޚާސިލް ކޮށްފައިވާ ދިވެއްސެކެވެ. މިކުލާސް ކުރިޔަށް ގެންދިއުމުގައި މައިގަނގަޑު ގޮތެއްގައި އަމާޒު ކުރަނީ ދަރިވަރުންގެ ކިބާގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި، ކިޔުމާއި، ލިޔުން އަދި އަޑު އެހުމުގެ ހުނަރުތައް ތަރައްޤީ ކުރުމަށެވެ. ކުލާހުގެ ފީއަކީ މަހަކު -/350 ރުފިޔާއެވެ.
ދަރިވަރުން ކުލާސްތަކަށް ބަހާލެވިފައިވާ ލެވެލް ތަކަކީ:



