ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ވަށަފަރު ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު މާރަންދޫ ނާކޮޅު ސްޓޭޑިއަމްގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ވަށަފަރުވަނީ 1-0 އިން އުތީމް ބަލިކޮށްފައެވެ.
މިމެޗްގެ ހަމައެކަނި ގޯލް ވަށަފަރު ޓީމުންޖެހީ މެޗްގެ ފަހު މިނެޓްގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ވަށަފަރު ޓީމް ޖާޒީ ނަންބަރު 9 އަހްމަދު ސިނާންއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް:
މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ : އަބުދުﷲ އިޙްވާން (ފިއްލަދޫ ޓީމް)
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:
- މުހައްމަދު މަޒީން (އުތީމް ޓީމް)
- ސާޖިދް ރަޝީދު (ވަށަފަރު ޓީމް)
- އަބުދުﷲ އިޙްވާން (ފިއްލަދޫ ޓީމް)
- އަބުދުﷲ ސިނާން (ވަށަފަރު ޓީމް)
- މަހާސީން މުހައްމަދު (ވަށަފަރު ޓީމް)
ފެއަރޕްލޭ ޓީމް: އުތީމް ޓީމް
ރަނަރަޕް ޓީމް: އުތީމް ޓީމް
ކިންގް އޮފް ދަ ޓޯރނަމެންޓް: އަބުދުﷲ ސިނާން (ވަށަފަރު ޓީމް)
މުބާރާތުގެ ޗެންޕިއަން ވަށަފަރު ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތައްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުމެއް ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް އުތީމް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ ފެއަރޕްލޭ އުތިމް ޓީމަށް 10000.00 (ދިހަހާސް) ރުފިޔާ ގެ ފައިސާގެ އިނާމު ދީފައިވެއެވެ. މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިއީ މިމުބާރާޓް ބޭއްވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ހއ އުތީމްގައެވެ. އެފަހަރުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި
8 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް: އިހަވަންދޫ ޓީމަށް ހިތްދަތި ފެށުމެއް
3 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމް ބައިވެރިވެއްޖެ
23 - އޮކްޓޯބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
26 - ސެޕްޓެމްބަރު - 2023
ވަށަފަރު ބަލިކޮށް އިހަވަންދޫގެ ފެށުން ރަނގަޅުކޮށްފި
21 - ޖެނުއަރީ - 2023
ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!
28 - މާރިޗު - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް