ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
ފިނޭންސް މިނިސްޓްރީއަށް ނުފެންނާތީ "ތިލައުތުރު ފުޓްސަލް މުބާރާތް" ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ (ހއ.) އަތޮޅު ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފިއެވެ.
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހއ. އަތޮޅު ކައުންސިލުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، އަތޮޅު ކައުންސިލުން އެދިފައިވާ ހަރަކާތް މިވަގުތު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް، މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އަތޮޅު ކައުންސިލަށް އަންގާފައެވެ. އެ މިނިސްޓްރީގެ އެންގުމާ ގުޅިގެން ކައުންސިލުން މިހާރު ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.
ހއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހްމަދު ސޮބާހް ވިދާޅުވި ގޮތުގައި، އެމުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން މަސައްކަތްކުރީ މިއަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ.
ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅުގެ ރަށްތަކުގެ މެދުގައި ވަރަށް ފޯރިއާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިހާތަނަށް މި މުބާރާތް ހަތަރު ފަހަރެއްގެ މަތިން ބާއްވާފައިވާއިރު، މިއީ އެ އަތޮޅުގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. މި މުބާރާތުގެ ތާރީޚަށް ބަލާއިރު، އެންމެ ކާމިޔާބު ޓީމަކީ ހއ. އުތީމެވެ. އެ ރަށުން ވަނީ ދެ ފަހަރެއްގެ މަތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
10 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި
8 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް: އިހަވަންދޫ ޓީމަށް ހިތްދަތި ފެށުމެއް
3 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމް ބައިވެރިވެއްޖެ
23 - އޮކްޓޯބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
26 - ސެޕްޓެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓްކުރާނެ ރަށެއް ހޯދަނީ
30 - ޖުލައި - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް