ޚަބަރު

މިއަދު އިހަވަންދޫއިން 4 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

މިއަދު އިހަވަންދޫއިން 4 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
Advertisement Advertisement

ފެނަކަ އިހަވަންދޫ ބުރާންޗްގެ ޕެނަލް އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު 4 ގަޑިއިރަށް އިހަވަންދޫއިން ކަރަންޓް ކަޑާލެވޭނެކަމަށް އިހަވަންދޫ ފެނަކަ ބުރާންޗުން އިއުލާންކޮށްފިއެވެ. ފެނަކައިން އިއުލާންކޮށްފައިވާގޮތުން އެމަސައްކަތް ކުރުމަށް ކަރަންޓް ކަނޑާލެވޭނީ މިއަދު މެންދުރުފަހު 2 ކުން  ފެށިގެން ހަވީރު 6 ކާއިދެމެދުއެވެ.

ފެނަކައިން އިހަވަންދޫގައި ހިންގާ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް މިއަހަރުގެ މާރިޗް މަހުގެ 21 ވަނަ ދުވަހު ވަނީ ގެނެސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  600 ކިލޯވޯޓްގެ އެޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް