އިހަވަންދޫގެ ބައެއްމީހުންނަށް ބިންހެލުމެއްގެ އިހްސާސް ކުރެވިއްޖެ!
އިހަވަންދޫގެ ބައެއް މީހުންނަށް ބިންހެލުމެއްގެ އިހްސާސްކުރެވުނުކަމަށް ބުނެފިއެވެ. މިނޫހާ ވާހަކަދެއްކި ބައެއްމީހުން ބުނީ، ގާތްގަނޑަށް މިރޭ 20:30 ހާއިރު ބިންހެލުމުގެ އިހްސާސްކުރެވުނުއިރު، ގުޑުންތަކެއް އަރާކަމުގެ އިހްސާސް ދެމިގެން ދިޔައީ ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތަށް ކަމުގައެވެ.
"މަތީ ފްލޯގަތިބި ބައެއް މީހުންނަށް އެނގުންވި ގުޑުމެއް އެރިކަން. އިމާރާތުގައި އާދައިގެ ގޮތަކަށް ހިނގި ކަމެއް ނޫން ކަން އެނގުނީމަ އެންމެން ތިރިއަށް ފޭބީ، ނަމަވެސް ތިރީގަތިބި މީހުންނަށް އިހްސާސެއްނުވި" މިނޫހާ ވާހަކަދެއްކި އަންހެނަކު ބުންޏެވެ.
ބިންހެލުމުގެ އިހްސާސްވެގެން މިނޫހާ ވާހަކަދެއްކި އެންމެންނަކީވެސް އެވަގުތު އެއްބުރިއަށްވުރެ އުސް އިމާރާތްތަކުގައި ތިބިމީހުންނެވެ. ހދ ކުޅުދުއްފުށިން ވާހަކަ މުހައްމަދު 29، ބުނީ އޭނާއަށާއި އޭނާގެ އަންހެނުންނަށްވެސް އެވަގުތު އެނގުން ވާ ވަރަށް ގުޑުމުގެ އަސަރު އިހްސާސް ކުރެވުނުކަމުގައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު) އޮފީހުން، މިކަމާ ގުޅިގެން އަދި އެއްޗެކޭ ނުބުނެއެވެ. ރާއްޖެއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދުތަކާއި ދުރުގައި އޮންނަ ޤައުމަކަށްވިއަސް، ބައެއްފަހަރު އެކިސަރަހައްދުތަކަށް އަންނަ ބިންހެލުމުގެ އިހްސާސް ކުރެވެއެވެ. ބިންހެލުންތަކުގެ މަޢުލޫމާތު ގެނެސްދޭ ވޮލްކޭނޯ ޑިސްކަވަރީގައިވާ ގޮތުގައި ރާއްޖެ ގަޑިން މިރޭ 20:26 ހާއިރު އިހަވަންދޫއާ 212 ކިލޯ މީޓަރު ދުރުން ރިކްޓަރ މިންގަނޑުން 4.5ގެ ބިންހެލުމެއް، އަރަބިކަނޑަށް އައިސްފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް
1 - ޖުލައި - 2022
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް