އިހަވަންދޫގެ އެންމެ ބާރުގަދަ މީހަކަށް ރިޝްފާން!
އިހަވަންދޫގައި މިވަގުތު ހުރި އެންމެ ބާރުގަދަ މީހާގެ މަޤާމަށް ހއ. އިހަވަންދޫ ބިޖިލީގޭ މުހައްމަދު ރިޝްފާން (ރިޗަޑޭ) ހޮވިއްޖެއެވެ.
ރިޝްފާނަށް މިމަޤާމްލިބުނީ މިރޭ ކުރިޔަށްދިޔަ "ވީރު" މުބާރާތުގައި ފުރިހަމަކުރަންޖެހޭ ޓާސްކްތައް އެންމެއަވަހަށް ނިންމައިލި ބައިވެރިޔާއަށް ވެގެންނެވެ. ރިޝްފާނުވަނީ ދެ މިނެޓާއި ބާރަ ސިކުންތުގެ ތެރޭގައި ހުރިހާ ޓާސްކެއް ފުރިހަމަކޮށްފެއެވެ.
މިމުބާރާތުގައި ބައިވެރިވެ ވާދަކުރީ 10 ބައިވެރިންނެވެ. އޭގެ ތެރެއިން 9 ބައިވެރިޔަކުވަނީ ހުރިހާ ޓާސްކެއް ފުރިހަމަ ކޮށްފައެވެ. 2 މިނެޓް 19 ސިކުންތުން ޓާސްކްތައް ނިންމައިގެން މިމުބާރާތުގެ 3 ވަނަ ހޯދީ ހުސައިން ރިޝްފާންއެވެ، އޭނާއަށްވަނީ 500ރ ގެ ފައިސާގެ އިނާމެއްދީފައެވެ. މިމުބާރާތުގެ 2 ވަނައަށް ހޮވުނީ ހުސައިން ޒަޔާންއެވެ. ޒަޔާންއަށް ހުރިހާ ޓާސްކެއް ނިންމުނީ 2 މިނެޓް 17 ސިކުންތުންނެވެ. ޒަޔާންއަށްވަނީ 750ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.
2 މިނެޓާއި 12 ސިކުންތުން މިމުބާރާތުގެ ޓާސްކްތައް ފުރިހަމަކޮށް އެއްވަނަ ހޯދި މުހައްމަދު ރިޝްފާނަށްވަނީ 1500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ޓާސްކްތައް ނިންމުމާއިއެކު، ސިއްހީހާލަތު ދައްވުމުން ރިޝްފާންވަނީ ފަރުވާދިނުމަށް އާމިނާދިޔޯ ސިއްޙީމަރުކަޒަށް ގެންގޮސްފައެވެ. މިމުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައިވެސް އޭނާއަށް ބައިވެރިވެވޭގޮތެއް ނުވިއެވެ.
މިއީ އިހަވަންދޫގައި ޢީދު ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި ތެރޭގައި ހިމެނޭ އެންމެފަހު އިވެންޓެވެ.
ގުޅުން ހުރެދާނެ ލިޔުން
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ވައު ދެމުމުގެ މުބާރާތުގެ ފައިނަލް މިރޭ!
9 - ޖޫން - 2025
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އިރަމާއިން ދިފާއުކޮށްފި
20 - ޖޫން - 2024
ވައުދެމުމުގެ މުބާރާތުގެ ފައިނަލް މިރޭ!
19 - ޖޫން - 2024
ޕޯލްސްޓަރ ވައުދެމުމުގެ މުބާރާތް މިރޭ ފަށަނީ
17 - ޖޫން - 2024
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
އެން.ވީ.ކޭ ވާދެމުމުގެ މުބާރާތް ފަށައިފި
1 - ނޮވެމްބަރު - 2012
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޢީދު ހަރަކާތްތަކުގެ ޖުމުލަ ހަރަދު ފުރަތަމަ ފަހަރަށް އިހަވަންދޫ ކައުންސިލުން ހާމަކޮށް މިސާލު ދައްކައިފި
28 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް