19 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ އިމަގު ޖަންބުމާ ކަޕްގެ ޗެމްޕިއަންކަން ބޮޑުމަގު ޓީމުން ހޯދައިފިއެވެ. ބޮޑުމަގުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
ޖުމުލަ ހަތަރު ޓީމެއް ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން ބޮޑުމަގު ހޯދީ އިއްޔަ ހަވީރު ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި އެންވީކޭގެ މައްޗަށް 10-2 އިން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޮޑުމަގު ޓީމްގެ ޖާޒީ ނަންބަރު 77 ނާއިޝާ އިސްމާއިލްއެވެ. މުބާރާތުގެ ޗެމްޕިއަން ބޮޑުމަގު ޓީމަށް 3000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 1500ރ ގެ ފައިސާގެ އިނާމެއް ދިނެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ ބޮޑުމަގު، އެންވީކޭ، ޖަންގަލް އަދި ސެންސިޓީއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް:
ޗެމްޕިއަން ޓީމް: އެފްސީ ބޮޑުމަގު
ރަނަރަޕް ޓީމް: އެންވީކޭ
ފެއަރ ޕްލޭ ޓީމް: ޖަންގަލް
އެންމެ މޮޅު ގޯލްކީޕަރު: ބޮޑުމަގު ޓީމްގެ ހައްވާ އަޒްހާ
އެންމެ މޮޅު ކޯޗް: ބޮޑުމަގު ޓީމްގެ އާމިނަތު ނުޒުހަތު
އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: ޖަންގަލް ޓީމްގެ ޔަލްވީ ޔާސީރު އޭނާވަނީ މިމުބާރާތުގައި 14 ގޯލް ޖަހާފައި
ކުއީން އޮފް ދަ ޓޯނަމެންޓް: ބޮޑުމަގު ޓީމްގެ ޖާޒީ ނަންބަރު 77 ނާއިޝާ އިސްމާއިލް
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން:
- ބޮޑުމަގު ޓީމްގެ އައިރީން އިބްރާހިމް
- ބޮޑުމަގު ޓީމްގެ ނާއިޝާ އިސްމާއިލް
- އެންވީކޭގެ އާލާ އާދަމް
- އެންވީކޭގެ މަރިޔަމް ޒާރާ ޒާހިރު
- ބޮޑުމަގު ޓީމްގެ ހައްވާ އަޒުހާ
- ސެންސިޓީގެ ފާތިމަތު އީނާޝް އަބުދުﷲ
- ޖަންގަލް ޓީމްގެ ޔަލްވީ ޔާސިރު
އިމަގު ޖަންބުމާ ކަޕްގެ ޗެމްޕިއަންކަން ބޮޑުމަގު ހޯދައިފި
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!
28 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
26 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
އިމަގު ޖަންބުމާ ކަޕް އަދި ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތް ފެށިގެން ކުރިޔަށް
28 - ސެޕްޓެމްބަރު - 2024
ސެންސިޓީ، އިމަގު މެރެނާ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
1 - ސެޕްޓެމްބަރު - 2024
އިމަގު މެރެނާ ކަޕްގެ ފައިނަލް މިރޭ
31 - އޮގަސްޓު - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް