އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ބޮޑުމަގު އަދި ޖަންގަލް ދަތުރުކޮށްފިއެވެ.
ބޮޑުމަގު ފައިނަލަށް ދަތުރުކުރީ ރޭކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސެންސިޓީގެ މައްޗަށް 6-1 އިން ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުން އުލިގަން ޔޫތާއި ވާދަކޮށް ޖަންގަލް މޮޅުވީ 6-4 ގެ ނަތީޖާއަކުންނެވެ. މިމުބާރާތުގައި ޖަންގަލް ޓީމުވަނީ އެޓީމް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ހިންނަ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:15 ގައެވެ.
މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި ސެންސިޓީ ބައިވެރިވިނަމަވެސް އެޓީމްގެ ނަން މުބާރާތް ފެށުމުގެ ކުރިން ސެންސިޓީ ޖޭ.އާރު އަށް ވަނީ ބަދަލުކޮށްފައެވެ. ސެންސިޓީ ޖޭ.އާރު ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖަންގަލް ވަނީ އެޓީމް ކޮށްޅަށް 14 ގޯލް ޖަހައިފައެވެ. ނަމަވެސް އެޓީމްގެ ކުޅުން ރަނގަޅުކޮށް ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ޔުނައިޓެޑް ޔޫތް ބަލިކޮށްވަނީ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ.
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!
28 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ބޮޑުމަގު ކޮޅަށް 13 ލަނޑު ޖަހާ ޖަންގަލްގެ ފެންވަރު ދައްކާލާފި
2 - ޖެނުއަރީ - 2023
ސެންސިޓީ ޖޭ.އާރު ލަދުގަންނަވާލައި ޖަންގަލް ސެމީ ފައިނަލަށް!
22 - ސެޕްޓެމްބަރު - 2025
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް