އިހަވަންދޫ އިސްލާމީ މަރުކަޒު - ޚަރަދުކުޑަކުރުމުގެ ގޮތުން ހުއްޓާލުމަށް އަންގަވާފައިވާ މަޝްރޫޢުތަކުގެ ތެރެއަށް
އިހަވަންދޫގައި އަޅަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢަކީ، ޚަރަދުކުޑަކުރުމުގެ ގޮތުން މާލީ ވުޒާރާއިން ހުއްޓާލުމަށް އަންގަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތު ދީފިއެވެ. އެމިނިސްޓްރީއިން މިގޮތަށް މަޢުލޫމާތު ދީފައިވަނީ އެމަޝްރޫޢާއި ގުޅޭގޮތުން މިނޫހުން ކުރިސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ، މި މަޝްރޫޢަކީ، ޚަރަދުކުޑަކުރުމުގެ ގޮތުން މާލީ ވުޒާރާއިން ހުއްޓާލުމަށް އަންގަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ، މި މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެ ތާރީޚެއް ކަނޑައެޅިގެން ދަންނަވަން ނޭނގޭކަމުގައެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދަ ލިބުނާ އަވަހަކަށް މަސައްކަތް ފެށިގެންދާނެކަމަށް އެމިނިސްޓްރީއިން މަޢުލޫމާތު ދެއްވިއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އިހަވަންދޫގައި ފެށުމަށް ކަނޑައެޅިފައިވާ އައު މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދޫގައި އައު މިސްކިތެއް އިމާރާތްކުރުމަށް ބަޖެޓް ކޮށްފައިވެއެވެ. މިއަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިހަވަންދޫ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެބޮޑު އެއް ހިންހަމަޖެހުމަކީ، ބަޖެޓްކޮށްފައިވާ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކުރެއްވި ހަބަރެވެ. އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، އިހަވަންދޫ ކައުންސިލުންވެސް އޮތީ މިސްކިތް އިސްލާމީ މަރަކުޒަކަށް ބަދަލުކުރުމަށް އެދިފައެވެ.
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް، އިސްލާމީ މަރުކަޒެއް އަޅަން އިސްލާމިކް މިނިސްޓްރީއިން ނިންމެވިކަން ކައުންސިލަށް އަންގައި އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް 150 ފޫޓް 150 ފޫޓްގެ ބިމެއް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދިލެއްވީ ރައީސް އިހަވަންދޫއަށް ވަޑައިގަތުމުގެ ކުރިން 24 ފެބްރުއަރީ 2024 ގައެވެ. އެހެން ކަމުން، ކައުންސިލާއި ރައީސް ބައްދަލުކުރެއްވުމުން ކައުންސިލުންވަނީ އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، އިހަވަންދޫގައި އިސްލާމިކް ސެންޓަރު ބިނާކުރުމަށް ނިންމެވިކަން އިޢުލާން ކުރެއްވުން ވެގެންދިޔައީ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ޔަޤީންކަމަކަށެވެ.
މިއަހަރުގެ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުންވަނީ އިސްލާމިކް މިނިސްޓްރީއިން އެދިލެއްވި ގޮތަށް، އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ، 150 ފޫޓް 150 ފޫޓް ބިން ހަމަޖައްސަވައި ދެއްވައިފައެވެ.
ނަމަވެސް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާތަނަށްވެސް ފެށިފައެއްނުވެއެވެ. މިމަހުގެ 17 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުންވަނީ، އިހަވަންދޫގެ ތައްޤީއަށް ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައް ކުރިޔަށް ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފައިވަނީ 18.4 މިލިއަނަށް!
21 - އޭޕްރީލް - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފި
21 - ޖެނުއަރީ - 2026
އިސްލާމީ މަރުކަޒުގެ މަސައްކަތް އަދި ބަޔަކާ ހަވާލެއްނުކުރޭ، މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދީ ނޭގެ!
8 - އޮކްޓޯބަރު - 2025
އިހަވަންދޫއާއި އެކު 4 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރާން ކޮންޓްރެކްޓަރުން ހޯދަނީ!
29 - ޖޫން - 2025
އިސްލާމީ މަރުކަޒު އިމާރާތްކުރަން، ކައުންސިލުން ބިމެއް ހަމަޖައްސައިފި
29 - ފެބްރުއަރީ - 2024
އިސްލާމީ މަރުކަޒު އަޅުމަށް ތައުބާ މިސްކިތް ތަޅާލަންނޫންގޮތެއް ނެތީތޯއެވެ؟
28 - ފެބްރުއަރީ - 2024
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ
27 - ފެބްރުއަރީ - 2024
މަސްޖިދު ޒުބައިދާ އަޙްމަދު ހުޅުވައިފި
14 - ފެބްރުއަރީ - 2026
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް