ޚަބަރު

އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފި

އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އިހަވަންދޫގައި އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. އެމަރުކަޒުގައި ގިނަ ވަސީލަތަކެއް ތަރައްޤީކުރާނެއެވެ. އެގޮތުން ކުލާސްރޫމާއި، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް އެމަރުކަޒުގައި ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް  ބޮޑު ބިމެއް، މިދިޔަ އަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުންވަނީ ހަމަޖައްސާފައެވެ. ކައުންސިލުން ދޫކޮށްފައިވާ އެބިމުގައި 41،925 އަކަފޫޓް ހުރެއެވެ. އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
މުޙައްމަދު އަކުރަމް