ޚަބަރު

އިހަވަންދޫއިން ރައީސްއަށް ހޫނު މަރުހަބާއެއް!

އިހަވަންދޫއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު އިހަވަންދޫއަށް މިއަދު ވަޑައިގެންނެވީ، ހއ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިހަވަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި، އެމަނިކުފާނާއި ސަލާންކުރުމަށް ގިނަބަޔަކު ނުކުމެތިއްބެވެ. އެގޮތުން ސަލާކުރުމަށް މީހުން އެތުރިފައިއޮތް ސަބު އިހަވަންދޫ ބަނދަރު ސަރަހައްދުން ފެށިގެން ރަންކޮކާ ގެޔާއި ހަމަޔަށް އޮތެވެ. ރައީސްގެ މިދަތުރުފުޅުގައި އިހަވަންދޫގެ ރައްޔިތުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
.