ފެނަކައިން ތަށި ދިފާއުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެތަށި ފެނަކައިން ދިފާއުކޮށްފިއެވެ. ފެނަކައިން ތަށި ދިފާއު ކޮށްފައިވަނީ ރޭކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި އިހަވަންދޫ ކައުންސިލްގެ މައްޗަށް ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ.

ރޭގެ ފައިނަލްމެޗްގެ ފުރަތަމަ ހާފްގައި އިހަވަންދޫ ކައުންސިލުން ލަނޑުޖަހާ ކުރިހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާވިދުއެވެ. މެޗްގެ ދެވަނަ ހާފް ކުޅެން ފެށުމާއިއެކު ފެނަކައިން ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި ފަހުހާފުގެ 16 ވަނަ މިނެޓްގައި ފެނަކައިން އިތުރުލަނޑެއްޖަހައި ލީޑްނެގިއެވެ.

ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ފެނަކަ ޓީމްގެ ޖާޒީނަންބަރު 5 އަލީ ޝީފާޒް އެވެ. މުބާރާތުގެ ދެވަނަ ޓީމަށާއި ފެއަރޕްލޭ ޓީމަށް ހޮވުނީ ކައުންސިލްގެ ކޮމްބައިން ޓީމެވެ.

މުބާރާތުގެ ޑްރީމް ޓީމަކަށް ހޮވުނީ :

  1. ފެނަކަ ޓީމްގެ ކޯޗް އަލީ ހަމްދާން
  2. ފެނަކަ ޓީމްގެ ގޯލްކީޕަރު އަހްމަދު ނާފިޒް
  3. ކައުންސިލް ޓީމްގެ އަލީ ފަވާޒް
  4. ފެނަކަ ޓީމްގެ އަލީ ޝިފާޒް
  5. ފެނަކަ ޓީމްގެ މޫސާ އިމްރާން
  6. ކައުންސިލް ޓީމްގެ ހުސައިން ޝަރީފް