މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯރަފުށީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހއ އަތޮޅުގެ ކޮންމެ ރަށަކުން 1 ޓީމަށް ބައިވެރިވެވޭ މިމުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 15 މެއި ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
ހއ އަތޮޅުކައުންސިލުން މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދުމަށް ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ޕްރޮޕޯސަލް ކާމިޔާބުކުރީ ހޯރަފުށި ކައުންސިލުންނެވެ. އެހެން ކަމުން މިއަހަރުގެ މުބާރާތް އޮންނާނީ ހޯރަފުށީގައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއަހަރުގެ މުބާރާތް ހޯސްޓްކުރުމަށް ހޯރަފުށީގެ އިތުރުން، އިހަވަންދޫ އަދި މުރައިދޫ ކައުންސިލުންވެސް ޕްރޮޕޯސަލް ހުށަހެޅިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ފުރަތަމަ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކޮށްފައިވަނީ މުރައިދޫ ކައުންސިލުންނެވެ. ފުރިހަމަ އިންތިޒާމްތަކަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. ތިލައުތުރު ވޮލީ މުބާރާތް 2024 ގައި ޖުމްލަ 7 ރަށަކުން ވާދަކުރިއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
28 - މޭ - 2025
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ދިއްދޫ މުބާރާތުން ވަކިވެއްޖެ، ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރެޔާ މާދަމާރޭ!
29 - މޭ - 2025
ހޯރަފުށިން އެކުލަވައިލި ކޮމިޓީތައް ސައްހަ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ރަނގަޅު، މުބާރާތް މެދުކަނޑައިލި ހިސާބުން ފަށަނީ!
28 - މޭ - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފަސް ޓީމާއިއެކު ތިލަ އުތުރު ވޮލީ މުބާރާތް މިމަހުގެ 23 ހުގައި ފަށަނީ
14 - މޭ - 2025
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
ތިލައުތުރު ވޮލީ މުބާރާތް މެއި މަހު ބާއްވަނީ!
12 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް