ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ކުރިޔަށްހުރި މެޗްތައް، މުބާރާތުގެ ކަމާއިގުޅޭ ކޮމިޓީތަކުން ވަކިގޮތަކަށް އަންގަންދެން މެދުކަނޑައިލާފިއެވެ.
މިމުބާރާތުގައި މައްސަލަ ޖެހިގެންއުޅެނީ، މުބާރާތުގައި ބައިވެރިވި ދިއްދޫޓީމްގައި މުބާރާތުގެ ޤަވާއިދު ނަންބަރު 4 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކުޅުންތެރިޔަކު ޖައްސާފައިވާ ކަމަށްބުނާ މައްސަލަ ފެންމަތިވި ހިސާބުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކަމުގެ އަދަބެއްގެ ގޮތުން އެކުޅުންތެރިޔާ ހިމަނައިގެން ދިއްދޫއިން އެހާތަނަށް ކުޅެފައިވާ މެޗްތައްވަނީ އިދިކޮޅަށް ކުޅުނު ޓީމަށް 3-0 ސެޓްއިން ލިބުނުކަމަށް ނިންމައި ދެން އެޓީމް ކުޅޭމެޗްތަކުގައި އެކުޅުންތެރިޔާއަށް ނުކުޅެވޭނެކަމަށް އަންގައިފައެވެ.
ދިއްދޫއިން މިހާތަނަށް މިމުބާރާތުގައި ދެ މެޗެއް ކުޅެފައިވެއެވެ. އެއީ މުރައިދޫއަތުން 3-0 ބަލިވި މެޗާއި ހޯރަފުށި އަތުން 3-1 މޮޅުވިމެޗެވެ. އެނިންމުމާއިމެދު އިހްތިޖާޖްކޮށް ދިއްދޫއިންވަނީ އެކުޅުންތެރިޔާނުލާ އެޓީމުން މޮޅަދޫއާ ދެކޮޅަށްކުޅެންޖެހޭ މެޗް ކުޅުމަށް ދެކޮޅު ހަދައިފައެވެ. އެހެންކަމުން އެމެޗުން މޮޅަދޫ 3-0 އިން މޮޅުވީކަމަށްވަނީ ނިންމައިފައެވެ. އިއްޔަހަވީރު ދިއްދޫ އާއި އިހަވަންދޫ ބައްދަލުކުރާ މެޗަށް ދެޓީމްވެސް ދަނޑަށް ހާޒިރުވިއެވެ. ދިއްދޫޓިމުން ދަނޑަށް ހާޒިރުވީ މައްސަލަ ބޮޑުވެފައިވާ ކުޅުންތެރިޔާވެސް ޓީމްގައި ހިމަނައިގެންނެވެ. ނަމަވެސް އެމެޗުވެސް ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.
މިމައްސަލާގައި އަމަލުކުރާނެ ގޮތަކާއިމެދު، މުބާރާތް ހިންގާ ހއ އަތޮޅު ކައުންސިލާއި، މުބާރާތް ހޯސްޓްކުރާ ހޯރަފުށީ ކައުންސިލާއި ދެމެދު ހިޔާލުތަފާތުވެ، މުބާރާތް ހިންގާ ހއ އަތޮޅު ކައުންސިލުން އެންމެފަހުން ނިންމީ މުބާރާތުގެ ކަމާއިގުޅޭ ކޮމިޓީތަކުން ވަކިގޮތަކަށް އަންގަންދެން މުބާރާތް މެދުކަނޑައިލުމަށެވެ.
މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ހޯރަފުށީގައި ކުރިޔަށްދާ ތިލައުތުރު ވޮލީ މުބާރާތް 2025 ކުރިޔަށްދަނީ ފުރިހަމަ އިންތިޒާމް ތަކަކާއިއެކުކަން ފާހަގަކުރެވެއެވެ. އެގޮތުން މުބާރާތް ފެށުމަށްވެސް ހަވާއެރުވުމާއިއެކު ކުލަގަދަ ރަސްމިއްޔާތެއް ހޯރަފުށީ ކައުންސިލުންވަނީ ބާއްވާފައެވެ. މައުލޫމާތު ލިބޭގޮތުގައި މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހޯރަފުށީ ކައުންސިލުންވަނީ 700،000 އަށްވުރެގިނަ ރުފިޔާ ހޭދަކޮށްފައެވެ. މުބާރާތް އިންތިޒާމްކުރާ ހއ އަތޮޅު ކައުންސިލުން މުބާރާތަށް 200،000 ރުފިޔާ ހަރަދުކުރާނެކަމަށް މައުލޫމާތުލިބެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫ މުބާރާތުން ވަކިވެއްޖެ، ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރެޔާ މާދަމާރޭ!
29 - މޭ - 2025
ހޯރަފުށިން އެކުލަވައިލި ކޮމިޓީތައް ސައްހަ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ރަނގަޅު، މުބާރާތް މެދުކަނޑައިލި ހިސާބުން ފަށަނީ!
28 - މޭ - 2025
މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯރަފުށީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
23 - މާރިޗު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފަސް ޓީމާއިއެކު ތިލަ އުތުރު ވޮލީ މުބާރާތް މިމަހުގެ 23 ހުގައި ފަށަނީ
14 - މޭ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް