ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބޭނެ!
މުޙައްމަދު އަކުރަމް
25 - މާރިޗު - 2025
ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމް ނެތް 7 ރަށުގައި، އޭޓީމްއެމްގެ ޚިދުމަތް މިއަދުދޭން ފަށާފައިވާތީ ހއ އަތޮޅުގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، ޚިދުމަތް ދޭން މިއަދު ފަށާފައިވާ ރަށްތަކަކީ، އުތީމާއި، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، މާރަންދޫގެ އިތުރުން ތަކަންދޫ އަދި މުރައިދޫއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ހއ އަތޮޅުގައި އޭޓީއެމްތައް ގާއިމުކުރެވުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. "މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް،" ޝަރީފް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފައްޓަވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ރުފިޔާ އެކައުންޓުން އިންޑިއާއަށް ފައިސާ ފޮނުވޭ ގޮތަށް، ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
31 - ޖުލައި - 2026
އިތުރު ފީއަކާ ނުލައި 'ހޫޕަން' އިން ވިޔަފާރިކުރެވޭ ގޮތް ހަދައިފި!
2 - ޖުލައި - 2026
%30 ގެ ފީން ސަލާމަތްވެ، ޓެމޫ އިން ހަމަޖެހިލައިގެން ވިޔަފާރިކޮށްލެވޭނެ ސަޅި މަގުތައް މިއޮތީ!
9 - ޖޫން - 2026
ކްރެޑިޓް ކާޑުން ޓެމޫއިން އޯޑަރު ޖެހުމުގެ ކުރިން މިކަމަށް ސަމާލުވެލައްވާ! ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކުން ފީ ނަގަން ފަށައިފި!
8 - ޖޫން - 2026
ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކާޑު މުއާމަލާތްތަކަށް 'ޑެއިލީ ލިމިޓެއް' ކަނޑައަޅައިފި!
5 - މޭ - 2026
ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް އިހަވަންދޫގައި ދޭން ފަށައިފި...
2 - އޭޕްރީލް - 2026
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ހއ. މާދުނިފަރުގައި ރިސޯޓް ތަރައްޤީކުރުމަށް 3 ސްލޮޓެއް ބީލަމަށް
9 - ފެބްރުއަރީ - 2026
ހއ. އަތޮޅަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތެއް ހޯރަފުށީގައި ބާއްވަނީ
1 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް