އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި
މުޙައްމަދު އަކުރަމް
27 - މާރިޗު - 2025
އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. މިއަދުގެ ރަސްމިއްޔާތުގައި އިހަވަންދޫ އާއިއެކު އަށް ރަށެއްގެ ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއެކުރިއެވެ.
މިސަރުކާރުން އިހަވަންދޫގައި އިމާރާތްކުރަނީ، އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއްކަމުން، އިހަވަންދޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ހާއްސަކޮށްފައިވާ ބިމަކީ އެފަދަ މަރުކަޒެއް ޤާއިމްކުރުމަށް ކުޑަ ބިމެއްކަމުން، ބޮޑު ބިމެއް ހަމަޖައްސައި ދިނުމަށް ފުލުހުންގެ ހިދުމަތުންވަނީ އިހަވަންދޫ ކައުންސިލްގައި އެދިފައެވެ. އެގޮތުން އައު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް 50 ހާހާއި 35 ހާހާއި ދެމެދުގެ އަކަފޫޓްގެ ބިމެއް ބޭނުންވާކަމަށްވެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި މިކަމަށް ބިން ކަނޑައަޅުއްވާނެ ކަމުގައެވެ.
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މިހާރުވެސް ގެންދަނީ އިހަވަންދޫގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިންދަނީ ކުރަމުންނެވެ. އަދި އަންނަމަހު އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށްވެސް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ސީއެސްއާރުގެ ދަށުންވެސް އިހަވަންދޫގައިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިހަވަންދޫ ސްކޫލްގެ ޕްލޭ ގުރައުންޑްގައި ޓާފްއެޅި ދަނޑެއް ތަރައްޤީ ކޮށްފައިވާއިރު އާމިނާދިޔޯ ސިއްޙީމަޒުކަޒުގެ ވޯކްވޭވެސްވަނީ ހަދައިދީފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޕޮލިސްޓޭޝަނުގެ މަސައްކަތް އަންނަމަހު ފަށަނީ!
18 - އޭޕްރީލް - 2025
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
13 - މޭ - 2023
ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ
24 - ސެޕްޓެމްބަރު - 2022
ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި
12 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މާރަންދޫގައި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
27 - ސެޕްޓެމްބަރު - 2021
ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި
20 - މޭ - 2021
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
1 - އޭޕްރީލް - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް