ކުރީގެ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކޯޓެއް ހަދަނީ!
މުޙައްމަދު އަކުރަމް
15 - އޭޕްރީލް - 2025
ހުރަވީދަނޑުގެ އިރު އުތުރު ކަންމަތީގައި އޮންނަ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރަން، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ނިންމައިފިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އެކޮމިޓީގެ ބަޖެޓުން ހަރަދުކޮށްގެން މިމަސައްކަތް ކުރުމަށެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބްރައީސާ ނަޝީދާއާއި ސުވާލުކުރުމުން ވިދާޅުވީ، ޖާގައިގެ ގޮތުން އެތަނުގައި ހެދެނީ މިނީ ހޭންޑްބޯޅަ ކޯޓެއް ނަމަވެސް، އެކަމުގެ ސަބަބުން އެކަޑަމީ ތަކަށާއި، ސްކޫލް ދަރިވަރުންގެ އިތުރުން މުބާރާތްތަކަށް ފަރިތަކުރާ ފަރާތްތަކަށް ވަރަށްބޮޑު ހިންހަމަޖެހުމެއް ލިބިގެން ދާނެކަމުގައެވެ. ނަޝީދާ މައުލޫމާތު ދެއްވިގޮތުގައި ކޯޓްގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ. އިހަވަންދޫގައި ހިންގާ ޖޭސްޕޯރޓްސް އެކަޑަމީއިން އަންނަނީ ހޭންޑް ބޯޅަޔަށް ކުދިން ތަމްރީންކުރަމުންނެވެ. އިމަގު ޖަމިއްޔާއިން މިދިޔަ އަހަރު ހޭންޑްބޯލް މުބާރާތެއްވެސް ބާއްވާފައިވެއެވެ.
ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރަން ނިންމާފައިވާ ފުޓްސަލް ދަނޑަކީ، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ތަރައްޤީކޮށްފައިވާ ދަނޑެކެވެ. އެދަނޑުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ މައްސާހް ކޮންސްޓްރަކްޝަނާއެވެ. އެއީ 22ޖޫން 2014 ގައެވެ. 2016 ވަނައަހަރާއި ހަމަޔަށް ދިޔައިރުވެސް އެމަސައްކަތް މަސައްކަތް ނުނިމުމުން، 17 މާރިޗް 2016 ގައިވަނީ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް މޯލްޑިވެސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) ސިފްކޯއާއި ހަވާލުކޮށްފައެވެ. ފުޓްސަލް ދަނޑު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ފަހުކޮޅުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
ސްކޫލާއި ކައުންސިލްގެ މެޗުން އިންޓަރ އޮފީސް ހޭނޑްބޯޅަ މުބާރާތް މިރޭ ފަށަނީ!
20 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
10 - ޖުލައި - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
17 - މޭ - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް