ފެނުގެ ހިދުމަތް ބޭނުންކުރުމުގައި ކްރޮސް ކަނެކްޝަން ނުހެދުމަށް ފެނަކައިން އިލްތިމާސްކޮށްފި: 10 ދުވަހުގެ ތެރޭގައި ރަނގަޅު ނުކޮށްފިނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އިންޒާރު
ފެނަކަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ފެނަކަ) އިން ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތް ބޭނުންކުރުމުގައި، ޤަވާއިދާ ޚިލާފަށް ކްރޮސް ކަނެކްޝަން ނުހެދުމަށް ގޭބިސީތަކަށް އިލްތިމާސްކޮށްފިއެވެ. މިކަމާބެހޭގޮތުން ފެނަކައިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން، މިގޮތަށް ފެން ގުޅުމަކީ ފެނާއި ނަރުދަމާގެ ޤާނޫނުގައި މަނާކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މައި ނެޓްވޯކްގެ ފެނުގެ ކޮލިޓީއަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ކުންފުނިން ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް ބޭނުންކުރުމުގައި، ބައެއް ފަރާތްތަކުން ޤަވާއިދާއި ޚިލާފަށް، ކްރޮސް ކަނެކްޝަނަށް ވާގޮތަށް ފެނުގެ ގުޅުން ގޭބިސީތަކުގެ ފެނުގެ ނެޓްވޯކަށް ގުޅާފައި ހުންނަ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ފެން ގުޅުމުގައި އެކުންފުނިން ފޯރުކޮށްދޭ އާރު.އޯ ފެނާއި ބިމުން ނެގޭ ފެން، އެއް ނެޓްވޯކަށް ގުޅުމަކީ ފެނާއި ނަރުދަމާގެ ޤާނޫނުގައި މަނާކަމެކެވެ.
މިގޮތަށް ފެން ގުޅާފައި ހުރުމުގެ ސަބަބުން މައި ނެޓްވޯކްގެ ފެނުގެ ކޮލިޓީއަށް އޭގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކައިން އަންގައެވެ. އަދި ގޭބިސީތަކުގެ ނެޓްވޯކްގެ ކޮންމެ ހިސާބަކަށް ވިޔަސް، އިސްވެ ދެންނެވުނު ދެ ފެން އެކުވާގޮތަށް ނުވަތަ ވޭލްތައް ބަންދުކުރެވޭ ގޮތަށް ފެން ގުޅާފައި ހުރިކަމުގައި ވީނަމަވެސް، ބެލެވޭނީ ކްރޮސް ކަނެކްޝަންގެ ގޮތުގައެވެ.
ފެނަކައިން ވަނީ، ކްރޮސް ކަނެކްޝަނަށްވާ ގޮތަށް ފެނުގެ ކަނެކްޝަން ހެދިފައިވާ ގޭބިސީތަކުން، މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި އެކަން ރަނގަޅުކުރުމަށް އަންގާފައެވެ. އަދި އެމުއްދަތުގެ ފަހުން ޗެކްކުރެވޭއިރު ކްރޮސް ކަނެކްޝަން ހަދާފައި ހުރިނަމަ، އެއްވެސް އެންގުމަކާއި ނުލައި، ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށްވެސް ފެނަކައިން ވަނީ އިންޒާރު ދީފައެވެ. މިގޮތަށް ފެނުގެ ހިދުމަތް ކަނޑާލެވުމުގެ ސަބަބުން އުފެދޭ ދަތިތަކަށް ފެނަކަ ޒިންމާނުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އިހަވަންދޫ ފެނަކަ ބްރާންޗަށް މިއަދު އަލަށް 14 މުވައްޒަފުން ނެރެނީ!
29 - މާރިޗު - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
6 - މޭ - 2024
ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
7 - އޭޕްރީލް - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް