ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
މުހައްމަދު މައުޒު
3 - އޮގަސްޓު - 2025
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްދާ އިހަވަން ފުޓުސަލް ޗެލެންޖް 2025 ފައިނަލްގައި 9-2 އިން ބޮޑުމަގު ބަލިކޮށް، އެންވީކޭ އިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގު ލަދުގަންނު ވާލައި، އެންވީކޭ އިން މިމުބާރާތުގެ ތަށި އުފުއްލާލިއިރު، ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 10، އަލީ މާއިސްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެންވީކޭގެ ކޯޗް ނޫޝާން އަބުދުލް ރައްޒާގެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި އެންވީކޭގެ 4 ކުޅުންތެރިން ހިމެނުނެވެ. އެއީ ކީޕަރު ނައްސާން، ހާމިދު، އަލީ މާއިޝް އަދި އީޝާންއެވެ. މީގެ އިތުރުން ދެން ހިމެނުނީ ބޮޑުމަގު ޓީމްގެ އަޔާޒްއެވެ. އެނާއަށްވަނީ 15 ގޯލް ޖަހައިގެން މިމުބާރާތުގެ ރަން ބޫޓްވެސް ހޯދައިފައެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަލީ ނާއިޝްއެވެ. މިމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ބޮޓަފޯގޯއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އިބްރާހިމް ހާމިދުއެވެ.
އިހަވަން ކަޕްގެ ތައްޓާއިއެކު އެންވީކޭ މީހާރު ވެފައިވަނީ އިހަވަންދޫގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމަށެވެ. އެންވީކޭ ވަނީ ދާއިމީކޮށް، އިހަވަންދޫގައި ބާއްވާ ހުރިހާ ބޮޑެތި ފުޓްބޯޅަ / ފުޓްސަލް މުބާރާތްތަކެއްގެ ތަށި ހޯދައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
"އިންޝާ ﷲ، އެންވީކޭއަށް މިކަން ވާނެ" : މެނޭޖަރު އަލީ
18 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
އެންވީކޭ ސެމީފައިނަލުން ޖާގަ ހޯދައިފި
15 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
މިފަހަރުގެ އަމާޒަކީ ތަށިން ތައްޓައް - އެންވީކޭގެ މެނޭޖަރު އަލީ
8 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް