އިހަވަންދޫގައި ބެހެއްޓި އެމްއައިބީގެ އޭޓީއެމް ހުޅުވައިފި
އިހަވަންދޫގައި ބެހެއްޓި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ހުޅުވައިފިއެވެ. މިއަދު ހެންދުނު 9:15 ގައި ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ އޭޓީއެމް ހުޅުވައިދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ.
އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި ސޮއެކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ކިއޮސްކް ޤާއިމްކުރުމަށް ބިން ދޫކުރުމަށް، އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ، 181 ވަނަ އާއްމު ޖަލްސާގައި ނިންމިއެވެ. އެގޮތުން އެކުންފުންޏަށް ދޫކޮށްފައިވަނީ 3200 އަކަ ފޫޓްގެ ބިމެކެވެ. އަކަފޫޓެއް 2ރ ގެ ރޭޓުން 20 އަހަރު ދުވަހަށް ދޫކުރި އެބިން އޮންނަނީ އިހަވަންދޫ ބީއެމްއެލް ބުރާންޗާއި އިންވެގެން އިރުމައްޗަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިހަވަންދޫގައި ހުޅުވީ އޭޓީއެމް އަކީ އެކުންފުނިން ހއ އަތޮޅުގައި ހިދުމަތް ދޭންފެށި ދެވަނަ އޭޓީއެމް އެވެ. ހއ. ދިއްދޫގައި 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެބޭންކުގެ ސާވިސްސެންޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ރުފިޔާ އެކައުންޓުން އިންޑިއާއަށް ފައިސާ ފޮނުވޭ ގޮތަށް، ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
31 - ޖުލައި - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ސައިޓްތަކަށް ކަނޑާލައި މަހަކަށް 10 ޓްރާންސެކްޝަނަށް ލިމިޓްކޮށްފި!
23 - ޖޫން - 2026
%30 ގެ ފީން ސަލާމަތްވެ، ޓެމޫ އިން ހަމަޖެހިލައިގެން ވިޔަފާރިކޮށްލެވޭނެ ސަޅި މަގުތައް މިއޮތީ!
9 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް