ރޯދަ ހަދިޔާގެ ގޮތުގައި އިހަވަންދޫއަށް ފޮނުވި މަސްދަޅު ކޭހުގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުވެއްޖެ!
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރަށްރަށަށް ބަހާ މަސްދަޅު ކޭސްތަކުގެ ތެރެއިން، ހއ. އިހަވަންދޫއަށް މި އަހަރު ފޮނުވި އަދަދު މިދިޔަ އަހަރަށްވުރެ މަދުވެފައިވާކަން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފޯރުކޮށްދިން މައުލޫމާތުން ހާމަވެއްޖެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި، 2025 ވަނަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި އިހަވަންދޫއަށް 520 ކޭސް މަސްދަޅު ފޮނުވާފައިވެއެވެ. ނަމަވެސް، މި ހިނގާ 2026 ވަނަ އަހަރު ފޮނުވާފައިވަނީ 469 ކޭސް މަސްދަޅެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 51 ކޭހުގެ މަދުވުމެކެވެ.
ޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ރަށްރަށަށް ރޯދަ ހަދިޔާ ފޮނުވަނީ ކައުންސިލްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށް ކޮންމެ ގޭބިސީއަކަށް ކޭހެއްގެ މަގުންނެވެ. މި ގޮތުން ގޭބިސީއެއްގެ ގޮތުގައި ބަލަނީ އެއްކޮށް ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެކެވެ. އިހަވަންދޫގެ ގޭބިސީތަކުގެ އަދަދު މިދިޔަ އަހަރަށްވުރެ 51 ގޭބިސީ މަދުވީ ކޮން ސަބަބަކާ ހުރެކަމެއް ނޭގެއެވެ. ފާހަގަކުރެވޭ ގޮތުގައި އަލަށް ގޯތި ދޫކުރި ސަރަހައްދުގައި ބައެއް އާއިލާތަކުން މިހާރުވަނީ ދިރިއުޅެން ފަށާފައެވެ.
އިހަވަންދޫގެ އަދަދު މަދުވި ނަމަވެސް، ހއ. އަތޮޅުގެ ބައެއް އެހެން ރަށްރަށަށް ފޮނުވި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫއަށް 2025 ވަނަ އަހަރު 1115 ކޭސް ފޮނުވި އިރު، މިއަހަރު ވަނީ 1415 ކޭސް ފޮނުވާފައެވެ. މިއީ 300 ކޭހުގެ އިތުރުވުމެކެވެ. މީގެ އިތުރުން ހޯރަފުއްޓަށް މިދިޔަ އަހަރު 577 ކޭސް ފޮނުވި އިރު، މިއަހަރު ވަނީ 638 ކޭސް ފޮނުވާފައެވެ. އެއީ 61 ކޭހުގެ އިތުރުވުމެކެވެ.
މުޅި ހއ. އަތޮޅަށް ބަލާއިރު، މީހުން ދިރިއުޅޭ 14 ރަށަށް 2025 ވަނަ އަހަރު ސަރުކާރުން ޖުމްލަ 3967 ކޭސް މަސްދަޅު ފޮނުވާފައިވެއެވެ. ނަމަވެސް މި ހިނގާ 2026 ވަނަ އަހަރު މުޅި އަތޮޅަށް ފޮނުވާފައިވަނީ ޖުމްލަ 3958 ކޭހެވެ. އެއީ 2025 ވަނަ އަހަރަށްވުރެ 9 ކޭސް މަދު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބަހާ ރޯދަ ހަދިޔާ މަސްދަޅު ކޭހުގެ ގޮތުގައި މިއަހަރު 113،382 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އިން ހާމަކުރެއެވެ.
ދިވެހި ގޭބިސީތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ރޯދަ ހަދިޔާ، ދޫކުރާނެ ގޭބިސީތައް އަތޮޅުތެރޭގެ ރަށްރަށުގައި ކަނޑައަޅައި އެ ލިސްޓްތައް ތައްޔާރު ކުރައްވާފައިވަނީ ކައުންސިލް އިދާރާތަކުންނެވެ. މާލޭ ސަރަޙައްދުގައި ގޭބިސީތައް ދެނެގަތުމަށް ޓަކައި އަސާސީ މަސްދަރެއްގެ ގޮތުގައި ބަލާފައިވަނީ، ސްޓެލްކޯގެ ޑޮމެސްޓިކް ކަރަންޓް މީޓަރެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް