ޓެކްނިކަލް މައްސަލައެއްޖެހި މުޅި އިހަވަންދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ!
ހއ. އިހަވަންދޫގެ ފެނުގެ މެއިން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިހަވަންދޫގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހަވަންދޫ ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު 2:30 ހުން ފެށިގެން އެ ރަށުގެ ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މި މައްސަލަ ދިމާވާން މެދުވެރިވީ ފެނުގެ މެއިން ނެޓްވޯކްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފެށުމަށްޓަކައި ފެނަކަ އިހަވަންދޫ ބްރާންޗްގެ ފަންނީ މުވައްޒަފުން ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.
އިހަވަންދޫގެ ހުރިހާ ގޭބިސީއަކުން ފެން ކެނޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އިހަވަންދޫގެ ގިނަ ގޭބިސީތަކުގައި ފެންވެރުމަށް ވޯޓާ ސަޕްލައި ފެން ބޭނުންކުރާ މިންވަރު ނިސްބަތުން މަދު ނަމަވެސް، ކެއްކުމަށާއި ބޯފެން ފިލްޓަރު ކުރާ މެޝިންތަކުގައި އާންމުކޮށް ބޭނުންކުރަނީ ސަޕްލައި ފެނެވެ. އެހެންކަމުން މި ހާދިސާގެ ސަބަބުން ގޭބިސީތަކުގެ ޒަރޫރީ ބޭނުންތަކަށް ވަނީ ބުރޫ އަރާފައެވެ.
ފެނަކަ އިން ދަނީ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް ބުނާއިރު، ހިދުމަތް އަލުން އިއާދަކުރެވޭނެ ވަގުތެއް އަދި ސީދާ ފެނަކައިން ނުބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
އިހަވަންދޫ ޕީއެންސީ ޖަގަހައިގެ ހަރަކާތަކަށް ފެނަކައިން މުވައްޒަފުންނަށް ދައުވަތު ދެނީ!
16 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
އިހަވަންދޫ ފެނަކަ ބްރާންޗަށް މިއަދު އަލަށް 14 މުވައްޒަފުން ނެރެނީ!
29 - މާރިޗު - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
ފެނަކައިން، އިހަވަންދޫގެ ފުރަތަމަ ޙާފިޡާ މަރިޔަމް ރައްޔާގެ ކާމިޔާބީ ފާހަގަކޮށްފި!
15 - ނޮވެމްބަރު - 2025
އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
17 - ޖުލައި - 2025
އިހަވަންދޫގެ ބޮޑުބައެއް އަނދިރީގައި: އާމުން ދަތިހާލުގައި، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!
16 - ޖުލައި - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް