އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
ހއ. އިހަވަންދޫގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހަވަންދޫ ބްރާންޗުގެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވިފަހުން، އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތީ، މަސްވެރިންނަށް އައިސް ނުލިބޭތާ ދެ ހަފުތާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު ފެނަކަ އިހަވަންދޫ ބްރާންޗުގެ މައި ޖަނަރޭޓަރުތަކުގެ ތެރެއިން 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރު ނަންބަރު 02 އަށް މައްސަލައެއް ދިމާވިއެވެ. އެއަށްފަހު، އިހަވަންދޫ އައިސްޕްލާންޓްގެ އައިސް އުފެއްދުމަށް ބޭނުންވާ ކޮމްޕްރެސަރ ޖެއްސުމުގެ ހުއްދަ، އިހަވަންދޫ ފެނަކަ ބްރާންޗުން ނުދިނުމުގެ ސަބަބުން އައިސް ޕްލާންޓްގެ މަސައްކަތްވަނީ އެއްކޮށް ހުއްޓިފައެވެ.
އައިސް ޕްލާންޓް ހުއްޓިފައިވާތީ މަސްވެރިންނަށް އައިސް ނުލިބޭތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރެއެވެ. މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެންމެ ކައިރިން އައިސް ލިބެން ހުރި ހއ. ހޯރަފުށީގެ އައިސްޕްލާންޓުންވެސް މަސްވެރިންނަށް ބޭނުންވާވަރާއި ގާތަސްވެސް އައިސް ނުއުފެއްދޭ ކަމަށްވެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އައިސް ޕްލާންޓްގެ ކޮމްޕްރެސަރ ޖައްސަން ފެނަކަ މައި އޮފީހުން ހުއްދަ ދޭ ނަމަވެސް، ކޮމްޕްރެސަރ ނުޖެއްސެނީ އިހަވަންދޫ ބްރާންޗުން ހުއްދަ ނުދޭތީއެވެ. "އިހަވަންދޫ ބްރާންޗްގެ ޓެކްނީޝަނުން ކޮމްޕްރެޝަރ ޖައްސަން "އޯކޭ" ދިންނަމަވެސް މެނޭޖްމެންޓުން އެކަމަށް ހުއްދަ ނުދޭ،" މިކަމާ ގުޅޭ ފަރާތަކުން މައުލޫމާތު ދިނެވެ.
މިމަހުގެ 2 ވަނަ ދުވަހު ޖަނަރޭޓަރަށް މައްސަލަ ދިމާވި ދުވަހު ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިއެވެ. ޖަނަރޭޓަރަށް މައްސަލަ ޖެހުނު ދުވަހުގެރޭ އެމައްސަލަ ހައްލުކުރެވިފައިވާކަން ފެނަކައިން އިއުލާނުކުރިއެވެ. އަދި އިއްޔައާއި ހަމަޔަށް، (އަނެއްކާވެސް އެ ޖަނަރޭޓަރަށް މައްސަލަ ޖެހުނުކަން އިއުލާންކުރުމާއި ހަމަޔަށް) ބަރާބަރަށް ކަރަންޓްގެ ހިދުމަތްދިޔައީ ދެމުންނެވެ.
ނަމަވެސް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އައިސް ޕްލާންޓްގެ ކޮމްޕްރެޝަރ ޖެއްސުމުގެ ހުއްދަ ނުދީ އޮތުމުން، ދިމާވެފައިވާ ކަރަންޓްގެ މައްސަލަޔަށް ހައްލު ލިބިފައިނުވާކަން ހާމަވެގެންދެއެވެ. އެހެންކަމުން ރަށުގެ ކަރަންޓްގެ މައްސަލައޮތް ހާލަތު ރައްޔިތުންނަށް ފެނަކައިން އެންމެ ރަނގަޅަށް ބުނެ ނުދޭކަން ފާހަގަކުރެވެއެވެ.
އިހަވަންދޫ އައިސްޕްލާންޓްގެ ކޮމްޕްރެޝަރ ހިންގުމަށް ކުރިން ބޭނުންކުރަމުން އައީ އައިސްޕްލާންޓްގައި ހުންނަ ޖަނަރޭޓަރެކެވެ. އިހަވަންދޫ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެގެން އެހީތެރިކަން ބޭނުންވާ ހާލަތުގައި އެޖަނަރޭޓަރުން އިހަވަންދޫގެ ގޭތަކަށްވެސް ކަރަންޓް ދޭން ބޭނުންކުރިއެވެ. ނަމަވެސް، އެ ޖަނަރޭޓަރު ހަލާކުވުމުން އައިސް ޕްލާންޓްގެ ކޮމްޕްރެޝަރ ހިންގަން މިހާރު ބޭނުންކުރަނީ އިހަވަންދޫ އިންޖީނުގެއިން ނަގާ ކަރަންޓެވެ.
ގުޅުން ހުރެދާނެ ލިޔުން
އައިސްޕްލާންޓް ހެދިއްޖެ
14 - އޭޕްރީލް - 2023
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އިހަވަންދޫގެ ބޮޑުބައެއް އަނދިރީގައި: އާމުން ދަތިހާލުގައި، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!
16 - ޖުލައި - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
6 - މޭ - 2024
ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
7 - އޭޕްރީލް - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް