އިހަވަންދޫ ޕީއެންސީ ޖަގަހައިގެ ހަރަކާތަކަށް ފެނަކައިން މުވައްޒަފުންނަށް ދައުވަތު ދެނީ!
ހއ. އިހަވަންދޫގައި ހުންނަ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މައި ޖަގަހަ ކަމަށްވާ "ބޮޑުތަކުރުފާނު މާލަމު" ގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ހަރަކާތަކަށް، ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުގެ މުވައްޒަފުންނަށް އެ ކުންފުނިން ދައުވަތު ދެމުންދާކަން ހާމަވެއްޖެއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކަ އިހަވަންދޫ ބްރާންޗުގެ ބައެއް މުވައްޒަފުންނަށް އެ ކުންފުނީގެ ރަސްމީ ނަންބަރެއް ކަމަށްވާ 3035653 އިން ގުޅައި، މިރޭ 8:45 ގައި ބޮޑުތަކުރުފާނު މާލަމުގައި އޮންނަ ހަރަކާތަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ. މިގޮތަށް ގުޅާ ފަރާތްތަކުން ބުނަމުންދަނީ މިއީ ޕީއެންސީ އޮފީހުގެ ފަރާތުން އަންގައިގެން ކުރާ ކަމެއް ކަމަށެވެ. މި ނޫހުގެ ކޮރެސްޕޮންޑެންޓަށް ވަނީ މިފަދަ ފޯނު ކޯލެއް އަޑުއެހުމުގެ ފުރުސަތުވެސް ލިބިފައެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ، "ހުއްޓުމެއްނެތި ކުރިޔަށް" ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިރޭ ޖަލްސާ ބޮޑުތަކުރުފާނު މާލަމުގައިއަޅުވާގޮއްހަމަ ހަމަޖެހިފާއިވާކަމަށް ބުނާ ޕޯސްޓަރުތަކެއް ޝެއަރކުރަމުންނެވެ. ބެލެވޭ ގޮތުގައި ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންނަށް ދައުވަތު ދެމުންދަނީ މި ޕޯސްޓަރުތަކުގައި ބުނާ ސިޔާސީ އެއްވުމަށެވެ.
ސަރުކާރުގެ ކުންފުންޏަކުން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް މުވައްޒަފުންނަށް ގުޅައި ދައުވަތު ދިނުމަކީ ކުންފުނީގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކަށް ނެރުމަކީ އާންމުކޮށް ހިނގާ ކަމެއް ނަމަވެސް، ކުންފުނީގެ ރަސްމީ ނަންބަރުތަކުން މިފަދަ ކަންކަމަށް ގުޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ކަމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
ޓެކްނިކަލް މައްސަލައެއްޖެހި މުޅި އިހަވަންދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ!
13 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
އިހަވަންދޫ ފެނަކަ ބްރާންޗަށް މިއަދު އަލަށް 14 މުވައްޒަފުން ނެރެނީ!
29 - މާރިޗު - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
ފެނަކައިން، އިހަވަންދޫގެ ފުރަތަމަ ޙާފިޡާ މަރިޔަމް ރައްޔާގެ ކާމިޔާބީ ފާހަގަކޮށްފި!
15 - ނޮވެމްބަރު - 2025
އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
17 - ޖުލައި - 2025
އިހަވަންދޫގެ ބޮޑުބައެއް އަނދިރީގައި: އާމުން ދަތިހާލުގައި، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!
16 - ޖުލައި - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް