ވޭނާ އެކުވެސް ހުއްޓުމެއްނެތި ކުރިޔަށް؛ ޝަހާމާ ފައިނަލަށް ދަތުރުކުރުމަށް އެހީތެރިވެދެއްވާ!
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" (ބީއާރްޕީ) ސީޒަން 7 ގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ހއ. އިހަވަންދޫ ބުލްބުލާގޭ މަރިޔަމް ޝަހާމާ އަށެވެ. ޝަހާމާ ވަނީ އޭނާގެ ހުނަރުވެރިކަމާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު، މުބާރާތުގެ ގަދަ 7 ބައިވެރިންގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައެވެ.
މި މުބާރާތުގެ އެހެން ބައިވެރިންނާ ޝަހާމާ ތަފާތުވާ، އަދި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވާލާފަދަ ހާއްސަ ސަބަބެއް އެބައޮތެވެ. ނިމިގެންދިޔަ އެލިމިނޭޝަން ރައުންޑްގައިވެސް "ބެސްޓް ޕްރެސެންޓަރ އޮފް ވީކް" ގެ ޝަރަފުވެރި މަގާމު ޝަހާމާ ކާމިޔާބުކުރީ އާދަޔާ ހިލާފު ހިތްވަރަކާއެކުގައެވެ. ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން ފަޔަށް ބޮޑު އަނިޔާއެއް ވެފައިވާ ހާލުގައެވެ! ޖިސްމާނީ ގޮތުން ލިބެމުންދިޔަ ބޮޑު ވޭނަށްވުރެ، އޭނާގެ ހިތުގައި އޮތް އަޒުމް މާ ވަރުގަދައެވެ. ޖާގައިގެ ދަތިކަމާއިއެކުވެސް، ޝަހާމާއަށް މިފަހަރުގެ ރައުންޑްގެ ހުށަހެޅުން ހުށަހަޅަންޖެހުނީ އަނިޔާވެފައިވާ ފަޔަށް ބުރަކޮށް، ކޮޅަށް ހުރެގެންނެވެ. އެކަމުގެ ސަބަބުން ފަޔަށް އިތުރު ވޭންތަކެއްލިބި، މުޅި ހަށިގަނޑު ކެކުޅުމުގެ ތެރެއަށް ދިޔަކަން ޝަހާމާ ހާމަކުރީ ފުން އަސަރަކާއެކުގައެވެ.
"ނަމަވެސް އަޅުގަނޑުބެލީ އަޅުގަނޑަށް އެންމެ ބެސްޓް ދެވޭތޯ. އުންމީދުކުރަން މި ހުށަހެޅުންވެސް އެންމެހާ ބޭފުޅުންނަށް ކަމުދާނެކަމަށް. އަދި ވޯޓު ދޭނެކަމަށް." - ޝަހާމާ
ޝަހާމާ އޭނާގެ ބައި ފުރިހަމަ ކޮށްފިއެވެ. ވޭނާއި ކުކެޅުމުގެ ތެރެއިންވެސް ހިތްވަރު ދައްކައި، ދިވެހި ޒުވާނުންނަކީ ކަންކަމާ ކުރިމަތިލާން ކެރޭ ބައެއްކަން ސާބިތުކޮށްދީފިއެވެ. އެހެންނަމަވެސް، އޭނާގެ މި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި މިއަދު އޭނާ އެ ފައްޓާފައިވާ އުނދަގޫ ދަތުރު ނިންމޭނީ އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. މިއީ ޝަހާމާއަށް އަޅުގަނޑުމެންގެ އަތްތިލަ އެންމެ ބޭނުންވާނެ ދަނޑިވަޅެވެ.
މިރައުންޑްގެ ވޯޓް ދިނުމުގެ ސުންގަޑިއަކީ މާދަމާ (އަންގާރަ ދުވަހުގެ) ހެނދުނު 9:00 ގެ ކުރިންނެވެ. ވޯޓު ދޭން އުނދަގޫވާ ފަރާތްތަކަށް، ޝަހާމާގެ އެކައުންޓް ނަންބަރު 7730000253475 އަށް ފައިސާ ޖަމާކޮށްލެއްވުމުން، ޝަހާމާ އަމިއްލައަށް ވޯޓުލުމުގެ ކަންކަން ހަމަޖައްސައިދޭނެއެވެ.
މިމުބާރާތުގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަކަށްވެސް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރަކާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ސީޒަން 7 ގެ ފައިނަލަށް ޝަހާމާ ދަތުރުކޮށްފި! ވޯޓްދެވޭނީ އަންނަ މަހުގެ 5 އާއި ހަމަޔަށް!
27 - ޖޫން - 2026
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
26 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ސެންސިޓީ ޖޭ.އާރު ލަދުގަންނަވާލައި ޖަންގަލް ސެމީ ފައިނަލަށް!
22 - ސެޕްޓެމްބަރު - 2025
ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!
15 - ސެޕްޓެމްބަރު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!
13 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް